ރެވްނިޔު ސްޓޭމްޕް ވިއްކައި އާމްދަނީ ހޯދުން އަވަސްކުރުމަށާ މިރިހި ފަތުގެ ފައިދާ ހޯދުން އަވަސްކުރުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރެވްނިޔު ސްޓޭމްޕް ވިއްކައި އާމްދަނީ ހޯދުން އަވަސްކުރުމަށާ މިރިހި ފަތުގެ ފައިދާ ހޯދުން އަވަސްކުރުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް!

ދައުލަތުން އަބަދުވެސް ވިއްކަމުން އަންނަ ރެވްނިޔު ސްޓޭމްޕް ވިއްކަން ފަށައި އެކަމުން ލިބޭ އާމްދަނީ ހޯދުން އަވަސްކުރުމަށާއި ފަތްތަކުގެ ތެރެއިން ރާއްޖޭގައި އެންެ ގިނަ އެއްބާވަތްކަމުގައިވާ މިރިހި ފަތުގެ ފައިދާ ދިރާސާކޮށް ފައިދާ ހޯދުން އަވަސްކުރުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މަޖިލީހުގެ މެންބަރަކު ވިދާޅުވެއްޖެއެވެ. 

ކަމަށެވެ ވިދާޅުވީ މިރިހިފަތަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެންމެ ގިނައިން ލިބެންހުރި އެއް ބާވަތްކަމަށްވާއިރު މިރިހިފަތުގެ ތަޖުރިބާ ބައެއް މީހުންކޮށްފައިވާ ކަމަށެވެ. ކަމަށެވެ އެއީ ވަރަށް ފައިދާހުރި ފަތެއްކަމަށް އެމީހުންގެ ތަޖުރިބާތަކުން އެނގޭކަމަށް ބުނެފައިވާ ކަމަށެވެ. 

"ދުނިޔޭގެ އެހެން ޤައުމުތައް ފަދައިން ރާއްޖެއަށް ވެސް މިވަނީ އާމްދަނީ ހޯދާނެ އިތުރު ގޮތްތައް ހޯދަން ޖެހިފަ. ވީމާ މިރިހިފަތުގެ ފައިދާ ދިރާސާކޮށް ޙަކީމީ ފަރުވާ އެއްގެ ގޮތުގައި ބޭނުން ހިފިދާނެ. އުފެއްދުންތައް އުފައްދައި އެކްސްޕޯޓްކޮށްގެން ބޮޑެތި ފައިދާވެސް ހޯދިދާނެ! ވީމާ މިއީ ހަމަ މަޖިލީހުގައި އެޖެންޑާކޮށްގެން ބަހުސްކޮށްލަން ވަރަށް މުހިންމު ކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އަދި ރެވްނިޔު ސްޓޭމްޕް ވިއްކުމަކީވެސް. ؟ ކުރަމުން އަންނަ ކަމެއް ނަމަވެސް އެކަމަށް ބަހުސްކޮށްލިއްޔާ ކޮށްލިކަމަށްވާނެ؟ " އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން