ކޮރޯނާގެ ބަލިމަޑުކަން ނެތް ރަށްތަކުގެ ސްކޫލްތައް ޖުލައި 1 ވަނަ ދުވަހު ހުޅުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ކޮރޯނާގެ ބަލިމަޑުކަން ނެތް ރަށްތަކުގެ ސްކޫލްތައް ޖުލައި 1 ވަނަ ދުވަހު ހުޅުވަނީ!

ކޮރޯނާގެ ބަލިމަޑުކަން ނެތް ރަށްތަކުގެ ސްކޫލްތައް ޖުލައި 1 ވަނަ ދުވަހު ހުޅުވާނެ ކަމަށާއި ހުޅުވާނީ ގްރޭޑް 1 އިން ފެށިގެން މަތީގެ ކްލާސްތަކަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މިރޭ ވިދާޅުވީ ދަރިވަރުންވެސް ބެލެނިވެރިންވެސް އަދި މުދައްރިސުންވެސް މާސްކް އަޅަން ޖެހޭނެ ކަމަށެވެ. އަދި ދަރިވަރުން ސްކޫލްތަކަށް ވައްދާނީ ގޭޓްތަކުން ހުމަށް ސްކޭން ކުރުމަށްފަހުގައި ކަމަށެވެ. "މާސްކަކީ އަންނަ މަހު ޔުނިފޯމުގެ ބައެއް. މާސްކް ހޯދަން ޖެހޭނީ ބެލެނިވެރިން." 

"ބޯފެން ވެސް ގެންނަން ޖެހޭނީ އަމިއްލައަށް. ސްކޫލުން ހެނދުނުގެ ނާސްތާއެއް މިވަގުތަކު ނުލިބޭނެ. ދާންވާނީ ކައިގެން/ސައިބޮއިގެން."

މިއަދު އޮންލައިން