އައިޔޫއެމުން އެންމެންނަށް ބައިވެރިވެވޭ ތަޖުވީދުމަގަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
އައިޔޫއެމުން އެންމެންނަށް ބައިވެރިވެވޭ ތަޖުވީދުމަގަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް!

ކޮވިޑް-19 ގެ ހާލަތާ ގުޅުވާލައިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިޖުތިމާއީ މަސްއޫލިއްޔަތު ފުޅާކުރުމުގެ ދަށުން ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުޢާން އެންޑް ސުންނަ ގެ ފަރާތުން ޢާންމުންނަށް ހުޅުވާލައިގެން ތަޖުވީދުމަގަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.

"ޢާންމުންގެ އޮންލައިން ޤުރުއާން ޕްރޮގްރާމް" ގެ ނަމުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ޒޫމް އޮންލައިން ޕްލެޓްފޯރމް މެދުވެރިކޮށެވެ. މި ޕްރޮގްރާމްގައި ބޮޑަށް ސަމާލުކަންދެނީ ޤުރުއާން ކިޔަވާއިރު ކިޔޭ ކުށްތައް ރަނގަޅުކޮށްދިނުމަށެވެ.

 22 މެއި 2020 ގައި ހުޅުވާލެވުނު މި ޕްރޮގްރާމަށް ޢާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ދަނީ ލިބެމުންނެވެ. މި ޕްރޮގްރާމް ހުޅުވާލެވިފައިވަނީ 3 (ތިނެއް) އުމުރުފުރާއަކަށް އަމާޒުކޮށްގެންނެވެ.

· އުމުރުން 6 އަހަރާއި 12 އަހަރާއި ދެމެދު

· އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދު

· އުމުރުން 18 މަތީގެ ފަރާތްތަކަށް

މި ކުލާސްތަކުގައި ކިޔަވައިދެއްވާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އުސްތާޛުންނާއި އުސްތާޛާއިންނެވެ. އެގޮތުން ކިޔަވައިދެއްވާ އުސްތާޛުންނާއި އުސްތާޛާއިންނަކީ:

· އަލްޤާރީ މުޙައްމަދު ތައުފީޤު ޢަލީ

· އަލްޤާރިއާ ފާތިމަތު ރަޝީދާ

· އަލްހާފިޡް އިބްރާހިމް ރަމްޒީ

· އަލްޤާރީ އިބްރާހިމް ޝިފާއު

· އަލްހާފިޡް އިބްރާހިމް ޒުހައިރު

· އަލްޤާރީ މުޙައްމަދު ވަޙީދު

· އަލްޤާރީ މުޙައްމަދު ނަޢީމް އަޙުމަދު ފިކުރީ

· އަލްޤާރީ މުޙައްމަދު ޝިނާން މުނީރު

އައިޔޫއެމުން ބުނެފައިވަނީ މި ޕްރޮގްރާމް ގައި ބައިވެރިވާ ފަރާތްތަކަށް ފުރަބަންދުގެ ހާލަތުގައި ވަގުތު ހެޔޮގޮތުގައި ހިފަން ފުރުޞަތު ލިބޭނެ ކަމަށާއި އަދި ކުލާސްތަކަށް ގޮސްގެން ނުވަތަ ގެއަށް މުދައްރިސުން ގެނެސްގެން ޤުރުއާން ކިޔެވުން މެދުކެނޑިފައިވާ ފަރާތްތަކަށް ރަނގަޅު ފުރުޞަތަކަށް ވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން