ށ. ގޮއިދޫ 19 އަހަރުގެ އަހްމަދު އަޝްހަމް ވިނަކޮށާ މެޝިނެއް އުފައްދައިފިއެވެ.
އަޝްހަމް މި ވިނަކޮށާ މެޝިން އުފެއްދުމަށް ބޭނުންވާ ގިނަ ތަކެތި ހޯދީ އެރަށުގެ ކުނިގޮނޑު އަތްފުނާ އަޅައިގެންނެވެ.
ގޭގައި ހުންނަ އަމިއްލަ ވޯކްޝޮޕްގައި ދެތިން ދުވަހުގެ ތެރޭގައި ވިނަކޮށާ މެޝިން އަޝްހަމް ތައްޔާރުކުރީ ގޮނޑަށް އުކާލާފައިއޮތް ބްލެންޑަރެއްގެ މޯޓަރު ބޭނުންކޮށްގެންނެވެ. މި މެޝިންގެ ތިލަ ހަދާފައިވަނީ ދެވަޅިބޭނުންކޮށްގެނެވެ.
މި ވިނަކޮށާ މެޝިން ޓެސްޓުކުރުމުގެ ގޮތުން އަޝްހަމް ވަނީ އެރަށުގެ ފުޓު ބޯޅަ ދަނޑުގެ ވިނަކޮށައިފައެވެ.
މީގެކުރިން އަޝްހަމް ވަނީ ގޮނޑަށް އުކާލާތަކެތި ބޭނުންކޮށްގެން ވެންޓިލޭޓަރެއްވެސް އުފައްދައިފައެވެ.