އިހު ސުންނަތް ކުރަން ބޭނުންވާ މީހުން ބަންގިގޮވާއިރު މިސްކިތުގަ ތިބެން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އިހު ސުންނަތް ކުރަން ބޭނުންވާ މީހުން ބަންގިގޮވާއިރު މިސްކިތުގަ ތިބެން ޖެހޭނެ!

މާދަމާ ރޭ މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރަންފަށާއިރު، އިހު ސުންނަތް ކުރަން ބޭނުންވާ މީހުން ބަންގިގޮވާއިރު މިސްކިތުގައި ތިބެން ޖެހެއެވެ. އެއީ ބަންގިގޮވާ ނިމި 5 މިނިޓްއިރުތެރޭގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާނެތީއެވެ! 

އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ މިރޭ ވިދާޅުވީ ނަމާދުކުރަން ފަށާވަގުތު އަވަސްކުރީ މިވަގުތު އެންމެ މުހިންމު ކަމަކީ ގިނަ ބައަކު އެއްވެ މިސްކިތުގައި ތިބޭ ވަގުތު މަދުކުރުން ކަމަށް ދީނީ ޢިލްމުވެރިން މަޝްވަރާދެއްވާފައިވާތީ ކަމަށެވެ. 

މިސްކިތްތަކަށްދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުމަށް ކުރިންވެސް ވަނީ އަނގައިފައެވެ. ނަމަވެސް އެކަން ކުރެވޭތަނެއް ނުފެނެއެވެ. އަދި މިސްކިތުގައި ތިބެނީ މާސްކްއަޅައިގެނެއްވެސް ނޫނެވެ. އެހެންކަމުން ޖަމާއަތުގައި ނަމާދުކުރަންފަށާއިރު ރިސްކް ބޮޑުވާނެތީ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން