ހިޖާމާ ޖެހުން: ގިނަ ބައަކަށް އިހްމާލުވެވޭ، ހުރިހާ ގޮތަކުން ފައިދާ ބޮޑު ސުންނަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހިޖާމާ ޖެހުން: ގިނަ ބައަކަށް އިހްމާލުވެވޭ، ހުރިހާ ގޮތަކުން ފައިދާ ބޮޑު ސުންނަތެއް!

ހިޖާމާ ޖެހުމަކީ އަދިވެސް ގިނަ ބައަކަށް އިހްމާލްވެވިފައިވާ އެހެން ނަމަވެސް ހުރިހާ ގޮތަކުންވެސް ވަރަށް ފައިދާހުރި ސުންނަތެކެވެ! ހިޖާމާ ޖެހުމަކީ ހަށިގަނޑުގައި ހުންނަ ޝައިޠޯނީ ނަޖިސް ލޭތައް ހަށިގަނޑުން ބޭރުކުރެވޭ ކަމެކެވެ. މީގެ އިތުރުން ޑޮކްޓަރީ ބޭހުް ޝިފާ ނުލިބޭ ވަރަށް ބަލިތަކަށް ޝިފާވެސް ލިބޭކަމެކެވެ. ޚަރަދުގެ ގޮތުން ބަލައިފިނަމަ ކުޑަ ޚަރަދަކުން ގިނަ ފައިދާތަކެއް ޙާޞިލުކުރެވޭ ކަމެކެވެ. 

"ތިމަން ކަލޭފާނު އިސްރާ ކުރެވުނު ރޭ، އޭ މުޙައްމަދުއެވެ! ކަލޭގެފާނުގެ އުންމަތަށް ހިޖާމާ ޖެހުމަށް އަމުރުކުރައްވާށެވެ!" މިހެން ވިދާޅުނުވާ މަލާއިކަތް ބޭކަލެއް ތިމަންކަލޭފާނާއި ބައްދަލެއް ނުވެއެވެ."

"ހިޖާމާ ޖެހުމަކީ އެންމެ ގިނަ ބަލިތަކަށް ޝިފާ ލިބޭ ފަރުވާ" ކަމާއި ފުރަގަހުކަރަށް/ކަނދުރާއަށް ޙިމާޖާ ޖެހުމަކީ 72 ބައްޔަކަށް ޝިފާ ލިބޭ ފަރުވާއެއް" ކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަދި ހިޖާމާ ޖެހުމަކީ ލޯއަލިވާ ކަމެއް ކަމަސްވެސް ޙަދީޘްފުޅުގައި އައިސްފައިވެއެވެ. 

ރާއްޖޭގައި ހިޖާމާ ޖެހުމުގެ ޚިދުމަތް ފުޅައުވެ ކުރިއަރާފައިވާއިރު އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ޒަމާނީ ފެންވަރުގައި އެންމެ ރައްކައުތެރިކަމާއެކު ޚިދުމަތްދޭ އެއް މަރުކަޒަކީ "ފަޒީސް ޙިޖާމާ"އެވެ. އެތަނުން އަންނަނީ "ވެޓްކަޕިންގ އާ "ޑްރައިކަޕިން"ގެ ޚިދުމަތް ދެމުންނެވެ. 

ފަޒީ ހިޖާމާއިން ޚިދުމަތް ހޯދި ބައެއް މީހުން ބުނެފައިވަނީ، ދަރިން ނުލިބުން، މައިގްރޭން، ސިކުނޑީގެ ބަލިތައް، އައްސިވުން ފަދަ ވަރަށް ދިގު މުއްދަތެއްގައި ވަރަށް ބޮޑު ޚަރަދުކޮށްގެން އެމީހުން ފަރުވާ ކުރަމުން އައި ބަލިތަކަށް ހިޖާމާ ޖެހުމުން ކުރު މުއްދަތެއްގައި ޝިފާ ލިބިފައިވާ ކަމަށެވެ.

މިއަދު އޮންލައިން