4،5 އަހަރު ފާއިތުވުމަށްފަހު މާވެޔޮމިސްކިތް ހުޅުވައި ނަމާދުކުރަން ފަށައިފިއެވެ. މައުޅުމާތު ލިބިފައިވާ ގޮތުން މިއަދުގެ ޢަޞްރު ނަމާދަށް މިސްކިތް ހުޅުއްވައިދެއްވީ ދައުލަތަށް ވަރަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވަވާފައިވާ ޢުމަރު ޒާހިރުއެވެ.

މިއީ މާލޭގައި ލިފްޓް ބަހައްޓައި 5 ބުރިއަށް ޢިމާރާތް ކުރެވުނު ފުރަތަމަ މިސްކިތެވެ. މިސްކިތް ބިނާކޮށްދެއްވީ މަސީގެ ޗެއާމަން މުޙައްމަދު ޢަލީ ޖަނާޙް އެވެ. މިސްކިތަށް މިހާރު ނަންދީފައިވަނީ އޭނާގެ ބައްޕާފުޅު، ދިވެހި ބޭސްވެރިކަމަށް މަޝްހޫރު ޢަލީ ޙުސަިންގެ ނަންފުޅުންނެވެ.