ދިވެހި ދައުލަތަކީ ސައްތައިން ސައްތަ މުސްލިމް ދައުލަތަކަށްވީހިނދު، ދިވެހިރާއްޖޭގައި މުސްލިމުންނަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އިސްލާމިކް ޓޫރިޒަމް ތަޢާރަފްކުރުމަކީ މުޅި ދުނިޔޭގެ އިޤްޠިޞާދަށް ބަނަކަން އައިސްފައިވާ މިދަނޑިވަޅުގައި ކުރަން އެންމެ ރަނގަޅުކަމެއް ކަމަށް ދެކެމެވެ.
އެއިރުން ރާއްޖޭގެ ރިޒޯޓުތަކުން ބަނގުރަލާއި އޫރުމަސް ވިކުން މަދުވެ، ޙަލާލުގޮތުގައި ދައުލަތަށް ލިބޭ ފައިސާ އިތުރުވެގެންދާނެކަން ޔަޤީނެވެ.
އަލަށް ޢައްޔަނުކުރެވޭ ޓޫރިޒަމް މިނިސްޓަރަކީ އިސްލާމީ ޝިޢާރުތަކަށް ލޯބިކުރައްވާ، ދިވެހި ދައުލަތުގެ ޢިއްޒަތާއި ކަރާމާތް ރައްކައުތެރިކޮށް ދެއްވާނެ ބޭފުޅަކަށްވާން އެބަޖެހެއެވެ!
- ޝައިޚް މުޙައްމަދު މަންޞޫރު