ސަޢޫދީ ޢަރަބިއްޔާއަށް އިއްޔެ ދިން މިސައިލް އަދި ޑްރޯން ޙަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ސަޢޫދީ ޢަރަބިއްޔާއަށް އިއްޔެ ދިން މިސައިލް އަދި ޑްރޯން ޙަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށްގެން އިއްޔެ ދިން ބެލެސްޓިކް މިސައިލް އަދި ޑްރޯން ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހިރާއްޖެއިން ފާހަގަކޮށްފައިވަނީ މެދުކެނޑުމެއް ނެތި މިގޮތަށް ދޭ ޙަމަލާތަކަކީ އެސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށާއި، ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން މަޝްވަރާކުރުން މުހިއްމުކަމަށެވެ. 

މި ފުރުސަތުގައި ދިވެހިރާއްޖެއިން އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ވާކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތުގައި ފަހަތަށް ނުޖެހި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން  ދިވެހި ޚާރިޖިއްޔާއިން ވަނީ ދީފައެވެ.

މިއަދު އޮންލައިން