ދައުލަތުގެ ތަކއްޗަށް ގެއްލުންދީ މުޒާހަރާކުރުމުގެ ފުރުޞަތު ނުދޭން ނިންމައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދައުލަތުގެ ތަކއްޗަށް ގެއްލުންދީ މުޒާހަރާކުރުމުގެ ފުރުޞަތު ނުދޭން ނިންމައިފި!

ކުރިއަށް އޮތްތަނުގައި ދައުލަތުގެ ތަކެއްޗަށާއި ސަލާމަތީ ބާރުތަކަށް ގެއްލުންދިނުން ފަދަ ކަންކަން ތަކުރާރުވިއަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ.) އިން ނިންމައިފިއެވެ. 

ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ.) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއިއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، ޢާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ދާޚިލީ އަމްނާ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުން ބާވަވާފައިވަނީ ފަހަކަށް އައިސް ރާއްޖޭގައި  މަސައްކަތް  ކުރާ  ބައެއް  ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން