ﷲ އަށް ޙަމްދުހުރި! ކުރު މުއްދަތެއްގަ ރާއްޖޭގެ ބޯޑަރު ހުޅުވާލެވި ސަތޭކައަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ﷲ އަށް ޙަމްދުހުރި! ކުރު މުއްދަތެއްގަ ރާއްޖޭގެ ބޯޑަރު ހުޅުވާލެވި ސަތޭކައަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ!

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓާލަންޖެހި، ބޯޑަރު ބަންދުކުރަންޖެހިފައި އޮތުމަށްފަހު މިއަދަކީ އަލުން ބޯޑަރު ހުޅުވާލެވި ފަތުރުވެރިން ރާއްޖެ އަންނަން ފެށިދުވަހެވެ.

މިއަދު ހެނދުނު ޖެއްސި ޤަތަރު އެއާވޭޒް ފްލައިޓުން ވަނީ 100 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އެހެންކަމުން މިއަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މުހިންމު ދުވަހެކެވެ! ދެވަނަ ފެށުން ކަމުގައިވެސް ފާހަގަކުރެވިދާނެއެވެ!

ފަތުރުވެރިކަން އަލުން ފަށައިގަނެވުމުން ﷲ އަށް ޙަމްދުކުރަންޖެހެނީ އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްޠިޞާދަށް ކުރިއެރުން ލިބިގެންދާނެތީއެވެ. ފަތުރުވެރިކަން ހުއްޓުމުން ވަޒީފާ ގެއްލި މުސާރަ ނުލިބި ތިބި އެތައް ހާސް ދިވެހިންނަށް ﷲ ވާގިފުޅާއިއެކު ރިޒްޤް ތަނަވަސްވެގެންދާނެތީއެވެ. ކުރިން 16.50 17 ރުފިޔާއަށް ލިބެމުން އައި ޑޮލަރެއް މިހާރު 18.50އަށްވެސް ގަންނަން ނުލިބުމުން ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ލިބުމަށް އުންމީދުކުރވޭތީއެވެ.

ޓޫރިޒަމް މިނިސްޓްރޫގެ ކުރީގެ މިނިސްޓަރު ޢަލީ ވަހީދު، ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކެއްގައި ވަޒީފާއިން ވަކިކުރުމުން މިހާރު އެ މަޤާމު ފުރުއްވާ ފައްޔާޟް ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު ކޮރޯނާގެ ކަންކަން އޮތް ޙާލަތަށް ބައްލަވާއިއރު އަލުން ބޯޑަރު ބަންދުކުރަން ޖެހިދާނެ ކަމަށް ޤަބޫލު ނުކުރެއްވާ ކަމަށާއި ނަމަވެސް ކަމާއިބެހޭ އިދާރާތަކުން ލަފާދީފި ނަމަ އެއީ އަދިވެސް ކުރަންޖެހިދާނެ ކަމެއް ކަމަށެވެ!

މިއަދު އޮންލައިން