މާލްދީފް.ކޮމް ސައިޓު އިފްތިތާޙު ކުރުމާއިއެކު ވަގުތުން ޢަރަބި ދުނިޔޭގެ ސަމާލުކަން ލިބެން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
މާލްދީފް.ކޮމް ސައިޓު އިފްތިތާޙު ކުރުމާއިއެކު ވަގުތުން ޢަރަބި ދުނިޔޭގެ ސަމާލުކަން ލިބެން ފަށައިފި

ޢަރަބި ޤައުމުތަކަށް އަމާޒުކޮށްގެން ޢަރަބި ބަހުން ކުރިއަށް ގެންދާ ވެބްސައިޓް، މާލްދީފް.ކޮމް ސައިޓު އިފްތިތާޙު ކުރުމާއިއެކު ވަގުތުން ޢަރަބި ދުނިޔޭގެ ސަމާލުކަން ލިބެން ފަށައިފިއެވެ.  

މާލްދީފް ގްރޫޕުގެ ޗެއާމަން، ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ "ޢަރަބިންނަށް ރާއްޖޭގެ މަޢުލޫމާތު ފޯރުކޮދޭ ސައިޓްއާއި ގުޅިގެންނާއި އަޅުގަޑުގެ މެސެޖް ކަވަރކޮށް ސަޢޫދީޢަރަބިއްޔާއާއި މިޞްރާއި އަދި ވެސް ގިނަ ޢަރަބި ޤައުމެއްގެ ނޫސްތަކުގެ ހެޑްލައިނަށް ރާއްޖޭގެ ވާހަކަ އަރައިފި" ކަމަށެވެ. 

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ވެބްސައިޓް އިފްތިތާޙްކޮށްފައިވަނީ މިއަދު ހަވީރުއެވެ. އެހެންކަމުން ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިވަނީ ވެބްސައިޓަށް ކުރިއެރުން ލިބެން ފަށައިފައެވެ. 

ޢަރަބި ޤައުމުތަކަށް ރާއްޖެ ރަނގަޅަށް އިޝްތިހާރުކުރެވިއްޖެ ނަމަ އެކަށީގެންވާވަރަށް ޢަރަބި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަން ފާހަގަކުރެވެއެވެ. 

 

ދިއިސްލާމް އިން: 

މާލްދީފް ގްރޫޕުގެ ފަރާތުން ޢަރަބި ދުނިޔެއަށް ޚާއްޞަ ކުރެވިގެން ޢަރަބި ބަހުން އުފައްދަވާފައިވާ، ދިވެހި ރާއްޖޭގެ މަޢުލޫމާތު ފޯރުކޯށްދޭ ވެބްސައިޓު މާލްދީފް.ކޮމް ދެންމެ އިފްތިތާޙު ކުރެވިއްޖެއެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ މާލްދީފް.ކޮމް ސައިޓު އިފްތިތާޙު ކުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މާލްދީފް ގްރޫޕުގެ ޗެއާ ޕާރސަން، ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕްގެ މީސްމީޑިޔާގެ އެންމެހާ އެހެނިހެން އޮޅިތަކުގައި ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށާއި މި ޕްލެޓްފޯމްތައް ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށް ދިނުމަށްކަމަށެވެ. ޝަހީމު އިތުރަށް ވިދާޅުވި ގޮތުގައި ޢަރަބި ބަހަކީ ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާ  އުޅޭ ބަހެވެ. އަދި އެއީ ޤައުމުތަކުގެ ނިސްބަތުން ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑަށް ފެތުރިފައިވާ ބަސްކަމަށާއި ގާތް ގަނޑަކަށް ފައްސަތޭކަ މިލިޔަން މީހުން ޢަރަބި ބަހުން ވާހަކަ ދައްކާއުޅޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

‎"ތިޔަބޭފުޅުންގެ ދިވެހިރާއްޖެއަކީ ޤަދީމީ ޒަމާނުއްސުރެ ޢަރަބިންނާއި ވަރުގަދަ ދެމިގެންވާ ގުޅުމެއް ވާ ޤައުމެއް، މި ގުޅުމުގެ ވަރުގަދަ އަސަރު ދިވެހި ތާރީޚާއި ޘަޤާފަތުގައި ވަނީ ބިންވަޅު ނެގިފަ، ޢަރަބި ބަހަކީ ދިވެހި ބަހުގައި އެބަހެއްގެ އަސަރު އެންމެ ބޮޑަށް ހުރި އެއް ބަސް، ޢަރަބި ލިޔުންތެރިން ފާހަގަކުރައްވާފައިވާ ގޮތުން ދިވެހިރާއްޖެއަކީ ބިންމަތީގައިވާ ސުވަރުގެއެއް، އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ގޮނޑުދޮށްތަކުގެ ނަލަކަމާއި ރާއްޖޭގެ ރައްޔިތުންގެ ރިވެތި އަޚުލާޤުގެ ސަބަބުން." ޑރ ޝަހީމު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޑރ ޝަހީމު ފާހަގަ ކުރައްވާފައިވާ ގޮތުގައި ސީދާ ޢަރަބި ބަހުން މި ޕްލެޓްފޯމްތައް އިފްތިތިޙާކުރުމަކީ މާލްދީފް ގްރޫޕަށް ލިބޭ ނުހަނު ބޮޑު އުފަލެއްކެވެ.

މާލްދީފް.ކޮމް އިފްތިތާޙު ކުރެވުނު ޚަބަރު މިހާރު ވަނީ މިޞްރުގެ މަޝްހޫރު ނޫހެއްކަމަށްވާ މަޞްރާވީ އަށާއި، އަދިވެސް ޢަރަބި ޤައުމުތަކުގެ އެހެނިހެން ނޫސްތަކަށް އަރާފާއެވެ.

މިއަދު އޮންލައިން