ޖާބިރުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ!
"ނިދަން އޮށޯތުމުން މަލާއިކަތަކާ ޝައިޠޯނަކު އަންނާނެތެވެ! މަލާއިކަތާ ހިތްވަރު ދެއްވަވާނީ ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދުމަށެވެ. ޝައިޠޯނާ ހިތްވަރުދޭނީ ކޮންމެވެސް ޝައިޠޯނީ ޢަމަލެއްގައި ނިދުމަށެވެ. ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދައިފިނަމަ އެމީހާ ނިދީން ހޭލަންދެން އެމީހާގެ ކަންކަން މަލާއިކަތާ ބަލަހައްޓަވާނެތެވެ!"
10624 السنن الكبرى للنسائي
1/25 المحدث ابن حجر العسقلاني خلاصة حكم المحدث حسن في الأمالي الحلبية
މިއަދު ގިނަ ބައަކު ނިދަނީ ފޯނާއިކުޅެމުންނެވެ! ސޯޝަލްމީޑިއާގައި ކޮންމެވެސް ބޭކާރު ކަމެއް ކުރަމުންނެވެ. ލޯބިވެރިއާ އާއި ވާހަކަދައްކަމުންނެވެ. ﷲ ތަޢާލާ ހަނދުމަކުރަމުން ނިދަނީ މަދުމީހަކު ކަމަށް ބުނެވިދާނެއެވެ.
މިއީ ވަރަށް ބޮޑަށް އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ. ނިދަންވާނީ ިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެންނެވެ. ކިޔަންޖެހޭ ޢާޔަތްތަކާއި ސޫރަތްތައް ކިޔައިގެން ﷲ ތަޢާލާ ހަނދުމަކުރުންމަތީގައެވެ! މި ޙަދީޘްފުޅުގައިވާފަދައިން ރަޙްމަތް ލައްވަވާނީ އެއރުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން