ހުޅުމާލޭގަ ހުރި ކާބޯތަކެތި ލިބޭ ގަސްތައް ނަގާ އެޗްޑީޑީސީން ދަނޑިބުރި އިންދަނީ! ކާބޯތަކެތި ލިބޭ ގަސް ހެއްދުމުގެ ބިޔަމަޝްރޫޢު؟

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ހުޅުމާލޭގަ ހުރި ކާބޯތަކެތި ލިބޭ ގަސްތައް ނަގާ އެޗްޑީޑީސީން ދަނޑިބުރި އިންދަނީ! ކާބޯތަކެތި ލިބޭ ގަސް ހެއްދުމުގެ ބިޔަމަޝްރޫޢު؟

ހުޅުމާލޭ ބޮޑުމަގު، ނިރޮޅުމަގުން ވިއްކާފައިވާ ގޯތިތަކުގައި ގެދޮރުއަޅައިގެން ދިރިއުޅޭ މީހުން ގެތަކުގެ ކުރިމަތީގައި އިންދާފައިވާ ހިކަނދިފަތް، ތަރުކާރީގެ ބާވަތްތައް ފަދަ ގަސްތައް އުފުރައި ކޮންމެވެސް ދުވަހަކުން ހެދި ކޮންމެވެސް މަލެއް އަޅާނެ ޒާތުގެ ދަނޑިބުރިއެއް އިންދަމުންގެންދާ ކަމަށް ވަނީ މަލޫމާތުލިބިފައެވެ. 

މީގެ އިތުރުން މިހާރު ބަނބުކެޔޮ އަޅާފައިވާ ގަސްތައް ކަނޑައި އެތަނުގައި ވެސް ދަނޑިބުރި އިންދަން އުޅޭކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ! 

ކާބޯތަކެތި ލިބޭ ގަސް އިންދައި ހެއްދުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދައްކަވާ ވާހަކަފުޅުތަކާ، އެގްރިކަލްޗަރ މިނިސްޓްރީން ދައްކާ ވާހަކަތަކާ އެޗްޑީސީން ކުރާ އަމަލުތަކާ ދިމާނުވަނީ އެޗްޑީސީއަކީ ދިވެހި ސަރުކާރުގެ ބާރު ނުހިނގާ ކުންފުންޏެއް ކަމަށްވެފައި އަދި ހުޅުމާލެއަކީ ދިވެހި ދައުލަތުގެ ބާރު ނުހިނގާ ބިމެއްކަމަށް ވުމުންކަމާއިމެދު އަބަދުވެސް ދަނީ ސުވާލު އުފެދެމުންނެވެ. 

މީގެ ކުރިން ނިރޮޅުމަގުގައި ހުރި މުހިންމު ގަސްތައް ކަނޑަމުންދަނިކޮށް މިއަދުނޫހުން ސުވާލުކުރުމުން މަސައްކަތްކުރުވަން ހުރި ސަރުދާރު ބުނީ މިއީ ރައީސް މައުމޫނު އިންދަވާފައި ހުރި ގަސްތަކެއް ކަމަށްވުމުން ގަސްތައް ކަނޑަނީ ކަމަށެވެ. އެހެން ބުނަން ސަރުދާރަށް އެހުރެވެނީ ރައީސް މައުމޫނުގެ ވެރިކަމުގައި ހިއްކި ބިމެއްގައި ނޫންތޯ ސުވާލުކުރުމުން ޖަވާބެއް ނުދެއެވެ.

މިއަދު އޮންލައިން