ޖިންނި ޝައިޠޯނުންނަށް އެހާ ފަސޭހައިން އަންހެނުން އަތުލައި އަޅުވެތިކުރުވޭ ބައެއް ސަބަބުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޖިންނި ޝައިޠޯނުންނަށް އެހާ ފަސޭހައިން އަންހެނުން އަތުލައި އަޅުވެތިކުރުވޭ ބައެއް ސަބަބުތައް!

ލޮބުވެތިކަނބަލުންނޭވެ! މިރޭ މިބުނަނީ ތިއަ ކަނބަލުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއްގެ ވާހަކައެވެ. މިހާރަކަށް އައިސް ގިނަ ބައަކު މިކަންކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން އެމީހުންގެ ދެދުނިޔެ އެދަނީ ގެއްލިގެންނެވެ. 

ޖިންނި ޝައިޠޯނުންނަކީ ނުވާބައެއްކަމަށް ޤަބޫލުނުކުރާށެވެ! އެއީ ހަމަ ޙަޤީޤަތެއްކަން ކީރިތި ޤުރްއާނުން އެނގެން އޮތުމުންނެވެ. ޖިންނި ޝައިޠޯނުން އެންމެ ބޮޑަށް އަތްދަށުލާނީވެސް އަންހެނުންނެވެ. އެއީ އަތުލައިގަންނަން ފަސޭހަވުމުންނެވެ.

އެހައި ފަސޭހައިން އަންހެނުން އަތުލައިގަނެވޭ ބައެއް ސަބަބުތައްވެސް ކިޔައިދޭނަމެވެ. 

ފުރަތަމަ ސަބަބަކީ ނިވާނުވެ އުޅުމެވެ. ދެވަނަ ސަބަބަކީ އިރުއެއްސޭ ވަގުތު ފަދަ ވަގުތުތަކުގައި ބޭރުގައި އުޅުމެވެ. ތިންވަނަ ސަބަބަކީ އެއީ މިނިވަންކަން ކަމަށްބުނެ ހާމަތަންތަނުގައި ބަދުއަޚްލާޤީ ޢަމަލު ހިންގާ ކަމެވެ. ހަތަރުވަނަ ސަބަބަކީ ހިނައިޠޯހިރުވުމަށް ދޭންޖެހޭ ސަމާލުކަން ނުދީ ނަޖިސްކޮށް ގިނަ ވަގުތު ތިބެވޭކަމެވެ. އެއްބައަކު ހިނައި ޠޯހިރުވުމަށް އެއްވެސް ސަމާލުކަމެއްވެސް ނުދޭކަމެވެ.  

ހަށިގަނޑުގެ ސަލާމަތަށްޓަކައި ކިޔަންޖެހޭ ޛިކުރުތައް ނުކިޔައި ބޭރުގައި އުޅެ މިފަދަ ގޮތްގޮތަށް އަމަލުކުރަމުން ގެންދިއުމަކީ ޝައިޠޯނާއަށް އެ އަންހެނެއްގެ މައްޗަށް ވަރަށް ފަސޭހައިން ގަދަވެގަނެވޭ ކަންކަމެކެވެ. ނަމަވެސް މިއަދު މިކަންކަމަށް ސަމާލުކަން ނުދިނުމުގެ ނަތީޖާ ނިކަން ދެކެބަލާށެވެ! މި އިނގިރޭސިވިލާތުގައިވެސް ޖިންނި ޝައިޠޯނުންގެ ޝިކާރައަކަށްވެފައިވާ އަންހެނުން ހާދަ ގިނައެވެ. 

ދާދިފަހންވެސް ބައްޕައަކަށް އޭނާގެ އަންހެން ދަރިފުޅާއިމެދު ޝައްކުވެގެން ބެލިބެލުމުން އެނގުނީ އޭނާގެ ޙައިޟުގެ ލޭ އުނގުޅާފައި ޚަތިމްވެސް އަންދާކަމެވެ. ސުވާލުކުރުމުން ބުނީ އޭނާގެ ކަލާނގެއަކީ ޝައިޠޯނެއް ކަމަށާއި އެކަން ކުރަނީ ކަލާނގެ ބުނެގެން ކަމަށެވެ. އަދި އޭނާ އެދޭ ކަންކަން އޭނާގެ ކަލާނގެ ކޮށްދޭ ކަމަށެވެ. 

އަތުއަޅުވައިލެވިއްޖެ ނަމަ މިފެންވަރަށް އެބަ އަޅުވެތިކުރެއެވެ. ވީމާ ިކަންކަމަށް ތިއަ ކަނބަލުން ސަމާލުކަންދޭށެވެ! ނިންމާލަމުން އަދި އެއްވާހަކަ ބުނެލާނަމެވެ! 

ރަނގަޅު ގޮތުގައި އުޅެ، އަޅުކަންވެސް ކުރަމުން ގެންދާ ބައެއް އަނހެން ކުދިންނަށް ކުއްލިއަކަށް ބަދަލުތައް އައިސް އަޅުކަމާއި ދުރުހެލިވެވެއެވެ. އަޅުކަންކުރުންމަތިން ފޫހިވެސްވެއެވެ. ފަރުވާކުޑކުރެވެއެވެ. މިފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އަވަހަށް ޢިލްމުވެރިއެއްގެ ލަފާ ހޯދާށެވެ! އެއީ ރުޤްޔާކުރަންޖެހޭ ފަދަ ޙާލަތެއް ކުރިމަތިވެގެން މެދުވެރިވާކަމެއްކަން ބަލާށެވެ! ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުން އަވަސްކުރާށެވެ! 

ގަދަކަމުން ހިތްވަރުކޮށްގެން ނަމަވެސް ނަމާދުކޮށް ޤުރްޢާން ކިޔަވާށެވެ! ޛިކުރުކުރުން ގިނަކުރާށެވެ! ހަށިރައްކަލަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ނޫނީ ގޭގެ ދޮރަކުން ބޯވެސް ދިއްުކރާށެވެ! 

- ޝައިޚް މުޙައްމަދު ޢަބްދުލަޖައްބާރުގެ ދަރުސަކުން

މިއަދު އޮންލައިން