"އިއްޒަތްތެރި ގޮނޑި ގޮނޑިއަށް މީހުން ހޮވާއިރު އެމީހުންގެ ދީންވެރިކަމަށާއި ރިވެތި އަޚްލާޤަށް ބެލުމެއްނެތި ހަމައެކަނި ސިޔާސީ ފިކުރަށް ނުވަތަ އަމިއްލަ ފައިދާއަށް ބަލައިގެން އެކަން ކުރަމުން ގެންދާނަމަ ހީވެސް ނުކުރާ އެތައްކަމެއް ފެންނާނެއެވެ. ވޯޓަކީ އަމާނާތެކޭ ބުނަނީ އެހެންވީމައެވެ".
- ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
ޝައިޚް ޢަލީ ޒާހިރު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ﷲ އަށް ގޮންޖަހައި އެބައަކު ބޭނުންވާ ގޮތަށް ޤާނޫނުތައް ހަދަމުން ގެންދާ މަޖިލީހުގެ ރަސްމީ މަސައްކަތްތަކުގެ ތެރެއިން، ކީރިތި ޤުރްއާނުގެ ޢާޔަތްތައް ދޮގުކޮށް އެ އާޔަތްތަކަށް ފުރައްސާރަކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ!
މީގެ އިތުރުން މިފަދަ އަމަލުތައް ކުރާ މީހުންނަށް އެ މަޖިލީހުގެ ރަސްމީ މަސައްކަތުގެ ތެރެއިން އަންނަނީ އެފަދަ ކަންކަން ކުރަން ހިތްވަރުވެސްދެމުންނެވެ.