"ޔާ ﷲ! ކޮރޯނާ ވައިރަސްގެ ބިރުވެރިކަމުގައި އަޅަމެން އުޅެމުން ގެންދާތާ 6 މަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިއައީއެވެ. އަދިވެސް އަޅަމެން މިވަނީ އެ ބޮޑު ބިރުވެރިކަމުގައެވެ. އެކަމުގެ ސަބަބުން އަޅަމެންނަށް ލިބިފައިވާ ނިކަމެތިކަމާއި ދަތިތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އިނބަ ﷲ އެވެ!
ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ބައަކަށްވަނީ މާލީ ދަތިތައް ކުރިމަތިވެފައެވެ. އެތައް ހާސް މިލިއަން މީހުންނަށް ވަނީ މާލީ ދަތިތައް ކުރިމަތިވެފައެވެ. އެތައް މިލިއަން މީހުންގެ ފުރާނަ މިހާރުވެސް ވަނީ ނުރައްކަލުގެ ތެރޭގައެވެ.
ޔާ ﷲ! ދަތިޙާލުގައިވާ އެންމެންނަށް އަވަސް ޙައްލެއް މިންވަރުކުރައްވަވައި ދެއްވަވާނދޭވެ! ބަލިޙާލުގައިވާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވައި ދެއްވަވާނދޭވެ! ބަލި ނުވެ ތިބި އެންމެންނަސް ރައްކައުތެރިކަން މިންވަރުކުރައްވަވައި ދެއްވަވާނދޭވެ!
ޔާ ﷲ! އަޅަމެންނަށް ވަނީ މަގުން ކައްސައިލެވިފައެވެ. ފާފަތައް ކުރެވިފައެވެ. އަޅަމެންނަށް ޢަފޫކުރައްވަވައި ދެއްވަވާނދޭވެ! އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އިނބަ ﷲ އަށް ވަކީލްކުރާ އަޅުންގެ ތެރެއިން އަޅަމެން ލައްވަވައި ދެއްވަވާނދޭވެ!" އާމީން