ރާއްޖޭގަ އެންމެ ބޮޑަށް ހައްދުފަހަނައަޅާފަވާތަނަކީ މަޖިލީސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރާއްޖޭގަ އެންމެ ބޮޑަށް ހައްދުފަހަނައަޅާފަވާތަނަކީ މަޖިލީސް!

އިސްލާމް ދީނުގެ ގޮތުން ބަލައިފިނަމަ ރާއްޖޭގައި އެންމެ ބޮޑަށް ހައްދުފަހަނައަޅާފައިވާ ތަނަކީ، ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ހިންގާ ދައުލަތުގެ ޤާނޫނު ހަދާބާރެވެ! އެ ބާރު ހައްދު ފަހަނައަޅާފައިވަނީ އެބާރުގައި ތިބި މެންބަރުން ހައްދުފަހަނައަޅައިދިއުމުންނެވެ. އެކަން އެނގގެންދަނީ ޑރ. އިޔާޟްގެ މި ބަސްފުޅުންނެވެ. 

"ދީނުގައި ހައްދުފަހަނައަޅައި ދިއުމަކީ ކަންކުރަން ދީނުގައި އަންގަވާފައިވާ ގޮތް ދޫކޮށްލައި އަމިއްލަ ގޮތްތަކެއް ހެދުމެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

އެ މަޖިލީހުން ޤާނޫނުތައް ހަދައި ފާސްކުރަމުން ގެންދަނީ ﷲ ތަޢާލާ އެންގެވި ގޮތް ދޫކޮށްލައި އެމީހުން ބޭނުންވާ ގޮތަށެވެ. މަޖިލީހުގެ ތަޅުމުގައި ޤުރްއާނުގެ ޢާޔަތްތަކަށް ފުރައްސާރަކުރެއެވެ. އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް ހިތްވަރުދެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި އަޢުރަނިވާނުކޮށް އުޅެން ހިތްވަރުދެއެވެ. މަޖިލީހުގައި ދޮގުހަދައެވެ. ރައްޔިތުންނަށް ދޮގު މައުލޫމާތު ފަތުރައެވެ. މީހުންގެ އަބުރު ކަތިލައެވެ. މަތީ މަޤާމުތަކުގަ ތިބޭ މީހުންނަށް ބިރުދައްކައެވެ. 

މިފަދަ ހުރިހާ ކަންކަން އެ މަޖިލީހުން ކުރަމުން ގެންދާތީ ރާއްޖޭގައި ހުރި އެންމެ ބޮޑަށް ހައްދުފަހަނައަޅާފައިވާ ތަނަކީ މަޖިލިސްކަން އެނގިގެންދެއެވެ.

މިއަދު އޮންލައިން