ޢިބްރަތް ޙާޞިލުކުރައްވާ! މަންމަ ޢާންމުކުރި އެންމެ ފޮޓޯއަކުން އެސްފީނާޖެހުނު ހުނަރުވެރި ކުއްޖެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޢިބްރަތް ޙާޞިލުކުރައްވާ! މަންމަ ޢާންމުކުރި އެންމެ ފޮޓޯއަކުން އެސްފީނާޖެހުނު ހުނަރުވެރި ކުއްޖެއްގެ ވާހަކަ!

އޭނާގެ ދަރިފުޅަކީ ވަރަށް ހުނަރުވެރި ކުއްޖެކެވެ. ޢުމުރުން 4 އަހަރުގައިވެސް 6،8 އަހަރުގެ ކުދިން ކުރާ ކަންކަން ކުރެއެވެ. ޕަޒްލް ރޭވުން ފަދަ ކަންކަމެވެ. އެހެންކަމުން އެއް ދުވަހަކު ދަރިފުޅުގެ ހުނަރުވެރިކަން ދައްކައިލުމުގެ ގޮތުން އެފަދަ ފޮޓޯއެއް މަންމަގެ ފޭސްބުކްގައި ހާމަކުރިއެވެ. 

ކަންތައް މެދުވެރިވީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. ކުއްލިއަކަށް ކުއްޖާ އެފަދަ ކަންކަން ކުރުން ހުއްޓައިލީއެވެ. ޝައުޤުވެރިކަންވެސް ނެތިގެން ދިއައީއެވެ. 

ކުއްޖާއަށް އައި ބަދަލާއި ގުޅިގެން ކަންކަން ރަނގަޅުކުރަން ވަރަށް ގިނަ މަސައްކަތް އަމިއްލައަށް ކުރިއެވެ. ކުރި އެއްވެސް މަސައްކަތަކުން އެއްވެސް ނަތީޖާއެއް ނުނުކުތުމުން ރުޤްޔާކުރާ މީހަކާއި ބައްދަލުކުރުމުން ލަފާދިނީ އެސްފީނާއިން ސަލާމަތްވާން މަސައްކަތްކުރުމަށެވެ. ދަރިފުޅު އެސްފީނާއިން ސަލާމަތްކުރެވުނީ ވަރަށް ގިނަ މަސައްކަތުންނެވެ.

ޢިބްރަތް ޙާޞިލުކުރަންޖެހޭ މިފަދަ އެތައް ކަމެއް އަބަދުހެން ހިނގަމުން އަންނައިރު ބެލެނިވެރިން މިކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! ދަރިންގެ ހުނަރާއި ރީތިކަމާއި ލައްވާ އަގުބޮޑުހެދުމާއި ކިޔަމަންތެރިކަން ފަދަ ކަންކަން އެންމެންނަށް ޢާންމު ނުކުރާށެވެ! ރަނގަޅީ އެންމެ ގާތް މީހުންނަށްވެސް ނުއެންގުމެވެ. އެންމެ ގާތް މީހުންގެ ތެރޭގައި ވެސް ޢަދާވާތްތެރިން ތިބެދާނެއެވެ. އެމީހުންގެ އިސްފީނާގެ ސަބަބުން ވެސް ކުދިންނަށް ގެއްލުންތައް ލިބިދާނެކަމަށް ވިސްނާށެވެ! 

އެސްފީނާ ޖެހުމަކަށް ދުރެއް ކައިރިއެއް ނެތެވެ! ދުނިޔޭގެ ކޮނަމެ ތަނެއްގައި ހުންނަ މީހެއްގެ އެސްފީނާވެސް ޖެހިދާނެއެވެ! ވީމާ މުޅި ދުނިޔެއަށް ކަންކަން ހާމަނުކުރާށެވެ! 

ހަމަ އެއާއިއެކު ދަރިންލައްވައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުއްވާށެވެ! ޚާއްޞަކޮށް އާޔަތުލްކުރުސި، އިޚްލާޞް ފަލަޤް، ނާސް ފަތިހާއި މަޣްރިބް ނަމާދަށްފަހު 3 ފަހަރު ކިޔުއްވާށެވެ! އަދި މައިންބަފައިންވެސް ކިޔަމުން ގެންދާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން