ޙަސަދަވެރިވެ ޢަދާވާތްތެރިވާން ބިރު ނުގަންނަނީ ﷲ ގެ ރަޙްމަތް ބޭނުން ނުވާތީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޙަސަދަވެރިވެ ޢަދާވާތްތެރިވާން ބިރު ނުގަންނަނީ ﷲ ގެ ރަޙްމަތް ބޭނުން ނުވާތީ ހެއްޔެވެ؟

މިއަދު ޢާއިލާތަކާއި މުޖުތަމައުތައް ހަލާކުވެގެން މިދަނީ ހަމަ ހަސަދަވެރިކަމާއި ޢަދާވާތްތެރިކަން ބޮޑުވެގެންނެވެ. އަނެކާއަށް ކިތަންމެ ބޮޑު ދެރައެއް ދީފައި ނަމަވެސް ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރަންވާތީ އުފެދޭ ފިތުނައިގެ ބޮޑުކަމުންނެވެ. އުފެދޭ އެންމެ ކުދިކުދި މައްސަލަތައްވެސް ޞުލްޙަވެރިކަމާއިއެކު ޙައްލުކުރަން ބޭނުން ނުވާތީއެވެ.

ހަމައެކަނި މިއާޔަތަށް ނިކަން ވިސްނައިލަބަލާށެވެ! 

"މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިއަބައިމީހުންގެ ދެ އަޚުން ދެމެދު ތިއަބައިމީހުން ޞުލްހަކުރާށެވެ! އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! (އެއީ) ތިއަބައިމީހުންނަށް ރަޙްމަތްލެއްވުމަށްޓަކައެވެ." (އަލްޙުޖްރާތު: 10) 

އިތުރަށް ވިސްނައިލާށެވެ! މިއާޔަތުގައި ތަޤްވާވެރިވުމުގެ ކުރިއަށް ވަޙީކުރައްވަވާފައި އެވަނީ ޖެހޭ މައްސަލަތައް ޙައްލުކުރުމަށެވެ. ވީމާ ކަމެއް ދިމާވާއިރަށް "އަހަރެން އޭނައާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން! ހުވާ މިކުރަނީ އޭނައާ ދުވަހަކުވެސް ވާހަކަ ނުދައްކަން! އޭނާގެ އެއްވެސް ވާހަކައެއް އަހަރެން ގާތު ނުދައްކާ! އެއީ މުޅި ޢުމުރަށް އަހަރެންގެ ދުޝްމިނެއް!" ފަދަ ބަސްތައް ބުނަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ 

އެންމެ ބޮޑު ހިތާމައަކީ ޢާއިލާގެ ތެރޭގައިވެސް މިބުނި ފަދައިން ބަސްތައް ބުނެ އެކަކު އަނެކަކާއި ވާހަކަ ނުދައްކައި ތިބޭކަމެވެ. ހަސަދަވެރިންގެ ގޮތުގައި ތިބޭކަމެވެ. އެހެން ނުހަދާށެވެ! މުސްލިމުންނަކީ އަޚުންތަކެއް ކަމަށް ބުނެވެނީ ހަސަދަވެރިކަމުން ދުރުވެ މިތުރުންގެ ގޮތުގައި ތިބެން ޖެހޭތީއެވެ. ހަސަދަވެރިކަމަކީ ކުރާ ހެޔޮ ޢަމަލުތައް އަލިފާން، ދަރު އަންދާފަދައިން އަނދައިލާ އެއްޗެއްކަން ޙަދީޘްފުޅުން އެނގެން އޮތްކަން ޤަބޫލުކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން