އުލްޙިޔާކަތިލުމުން ލިބޭ ފައިދާ އެނގޭނަމަ ކުޅަދާނަކަން ލިބިގެންވާ ހަމައެކަކުވެސް އެކަން ނުކޮށް ދޫކޮށެއް ނުލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
އުލްޙިޔާކަތިލުމުން ލިބޭ ފައިދާ އެނގޭނަމަ ކުޅަދާނަކަން ލިބިގެންވާ ހަމައެކަކުވެސް އެކަން ނުކޮށް ދޫކޮށެއް ނުލާނެ!

އިބްން މާޖާ ރިވާކުރެއްވެވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ޛުލްޙައްޖު މަހުގެ 10 ދުވަހު ޖުރެވޭނެ އެންމެ މަތިވެރި އަޅުކަމަކީ ޤުރްބާންކުރުމެވެ. ޤުރްބާން ކުރެވުނު ޖަނަވާރު ޤިޔާމަތް ދުވަހު އެއިގެ ގުނަވަންތަކާއިއެކު އަންނާނެއެވެ. އެއިގެ ގުނަވަންތަކާއި ކެހެރިތަކާއި އެކު ކިރައި ޤުރްބާން ކުރި މީހާއަށްޓަކައި ކިރައި ބަރުދަނަށް ޘަވާބު ދެއްވަވާނެތެވެ. ޤުރްބާން ކުރާއިރު އެ ޖަނަވާރުގެ ލޭ ބިމުގައި ޖެހުމުގެކުރިން އެމީހާގެ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ! ވީމާ ސާފުހިތަކާއިގެން ޤުރްބާންކުރާށެވެ!"

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( لَن يَنَالَ اللَّـهَ لُحُومُهَا وَلَا دِمَاؤُهَا وَلَـٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ) )ސޫރަތުލް ޙައްޖު: 37) 

:މާނައީ: " އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ ޙަޟްރަތަށްދަނީ، ތަޤުވާވެރިކަމެވެ" 

"އުޟްޙިޔާ ކަތިލުން: މިދުވަސްތަކުގައި ކުރުމަށް އެދެވިގެންވާ ކަންތައްތަކުގެ ތެރޭގައި ﷲ ގެ މަގުގައި ހޭދަކުރުން ގިނަކުރުން ހިމެނިގެންވެއެވެ. އެގޮތުން، ﷲ އަށް ޓަކައި އެކަލާނގެ އިސްމުފުޅުގައި ގުރްބާނީ އެއް ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

އުޟްޙިއްޔާ ކަތިލުމަކީ ތަނަވަސްކަމުގެ އަހުލުވެރިންގެ މައްޗަށް ގަދަވެގެންވާ ސުންތެކެވެ. އުޟްޙިއްޔާ ކަތިލުމުގެ ވަގުތަކީ ޢީދު ނަމާދުގެ ފަހުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ ތިންވަނަ ދުވަހާއި ހަމައަށެވެ. 

އުޟްޙިއްޔާ ކަތިލަން ގަސްދުކުރާ މީހާގެ މައްޗަށް ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުޟްޙިއްޔާ ކަތިލުމާއި ހަމައަށް ނިޔަފަތި ކެނޑުމާއި އިސްތަށިތައް ބޭލުން އުފުރުން ކޮށުން ނަހީވެގެންވެއެވެ. 

އުޟްޙިއްޔާ ކަތިލަން ނިޔަތްގަތީ ޙައްޖުމަސް ފެށުނު ފަހުންކަމުގައިވާނަމަ ގަސްދުކުރާ ދުވަހުން ފެށިގެން މިކަންކަމުން މަނާވެގަންނަން ޖެހޭނެއެވެ. 

- ޝައިޚް އަޙްމަދު ރިމާޒް

ކުޅަދާނަވެގެންވާ މީހާ އެދުވަހުގައި ﷲ އަށް ޤުރުބާން ކުރުން (އުޟުހިޔާ ކަތިލުން): 

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( لَن يَنَالَ اللَّـهَ لُحُومُهَا وَلَا دِمَاؤُهَا وَلَـٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ) ~ ސޫރަތުލް ޙައްޖު ~ މާނައީ: " އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ ޙަޟްރަތަށްދަނީ، ތަޤުވާވެރިކަމެވެ" 

ހައްޖު މަހުގެ 10 ، 11 އަދި 12 މިއިން ކޮންމެވެސް އެއް ދުވަހެއްގައި ކުޅަދާނަވެގެންވާ މީހާ އުޟުހިޔާ ކަތިލައްވާށެވެ. އުޟުހިޔާ ކަތިލެވޭނީ ނަޢަމްސޫފީގެ ތެރޭގައި ހިމެނޭ ޖަނަވާރެވެ. ގެރި، ބަކަރި އަދި ޖަމަލުންނެވެ. މި ނޫން ޘަޤާފީ ގޮތުން ރާއްޖޭގައިވެސް ކޮންމެވެސް ވަރަކަށް ކޮށް އުޅޭ ފަދައިން ކުކުޅުފަދަ އެއްޗެހި ކަތިލި ކަމުގައިވިޔަސް އުޟުހިޔާގެ ތެރެއިން ނުހިމެނޭނެއެވެ. މިކަމުގައި އެންމެ ހެޔޮވެގެންވާ ގޮތަކީ ތިބާ ހުރި ތަނެއްގައި މިކަންކުރުމެވެ. ނަމަވެސް، އެގޮތަށް އެކަންކުރަން ކުޅަދާނަ ނޫންކަމުގައިވަނީނަމަ މި ޒަމާނަކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އިންޓަރނެޓްގެ ޒަރިއްޔާއިން އިތުބާރު ކުރެވޭ ފަރާތެއް މެދުވެރިކޮށް މިކަން ކޮށްލެވިދާނެ ޒަމާނެކެވެ.  

އެގޮތުން ދިވެހިރާއްޖޭގައި މިކަމުގައި ވަރަށް އިތުބާރު ހިފޭ ޖަމިއްޔާއެއްވެސް އަޅުގަނޑު މި ލިޔުމުގައި ހިމާނާލަން ގަސްތުކުރަމެވެ. އެއީ އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން އެވެ. https://www.facebook.com/628602883990627/posts/1452648588252715/ 

މި ލިންކް އަށް ވަދެވަޑައިގެން އެބޭފުޅުންގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު މި ހެޔޮވެގެންވާ ޢަމަލުގައި ބައިވެރިވެ ލައްވާށެވެ.

--މުޙައްމަދު ސަމޫހް

މިއަދު އޮންލައިން