ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ކުރެވިދާނެ ސަތޭކަ ހަތްދިހަ ތިން ހެޔޮ ޢަމަލެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ކުރެވިދާނެ ސަތޭކަ ހަތްދިހަ ތިން ހެޔޮ ޢަމަލެއް!

لحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ކުރެވޭ ހެޔޮ ޢަމަލުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ނުހަނު ލޮބުވެތިކަން ބޮޑު ޢަމަލުތަކެކެވެ. ކޮންމެ މުސްލިމެއްވެސް އެކަމަށް އެދިގެން ގަދައަޅާ މަސައްކަތް ކުރުމަށް ރަސޫލާ صلى الله عليه وسلم ވަނީ ބާރު އަޅުއްވާފައެވެ.

١٧٣ عملا صالحا بمناسبة عشر ذي الحجة، މިރިސާލާއަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ލިޔުއްވާފައިވާ ރިސާލާއެކެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ކޮންމެ ހެޔޮކަމެއް ކުރުމަށްވެސް ހުޅުވާލެވިފައިވާ ދުވަސްވަރަކަށްވުމުން އެދުވަސްތަކުގައި ކުރެވިދާނެ ގިނަގުނަ ހެޔޮ ޢަމަލުތަކެއް ޝައިޚުވަނީ މިރިސާލާގައި ހިމަނުއްވާފައެވެ. އޭގެ ބޭނުމަކީ މިދުވަސްވަރުގައި ކުރެވިދާނެ ހެޔޮ ޢަމަލުތައް އަޅުގަނޑުމެންނަށް ހަނދާންކޮށްދިނުމެވެ. އެއްވެސް ޙާލެއްގައި މިރިސާލާގައި ހުރިހާ ހެޔޮ ޢަމަލެއް ޛިކުރުކުރައްވާފައި ނުވެއެވެ. އެހެނަސް ހެޔޮކަމަށް އެދޭ މީހާއަށް އޮތީ މިނޫން ހެޔޮ ޢަމަލުތައްވެސް އިޚްލާޞްތެރިކަމާއެކު ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވެގެން މިދުވަސްވަރުގައި ކުރުމަށް މަސައްކަތްކުރުމެވެ. 

ތިރީގައި އެވަނީ ޢަބްދުލްމުޢިއްޒު ރަޝީދު، " ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރެވިދާނެ 173 ހެޔޮ ޢަމަލެއް" ގެ ނަމުގައި ލޔުއްވާފައިވާ ފޮތެވެ! ފޮތް ޝާއިޢުކޮށްފައިވަނީ 2019 ވަނަ އަހަރު ސަލަފިއްޔާއިންނެވެ. ވިދާޅުވެލައްވާށެވެ!

ފޮތް ވިދާޅުވުމަށް:

https://dhisalafiyyah.net/wp-content/uploads/2019/08/173-heyo-amaleh.pdf

މިއަދު އޮންލައިން