ބަލިވެއިނުމުން އަންހެނުންނަށް ލިބޭ ހިތްވަރު ދިރިއުޅުމުގެ ހުރިހާ ހާލަތެއްގަ ބޭނުންކުރާނަމަ ދަތްދޮޅި މޭގަ ޖައްސާކަށް ނުޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ބަލިވެއިނުމުން އަންހެނުންނަށް ލިބޭ ހިތްވަރު ދިރިއުޅުމުގެ ހުރިހާ ހާލަތެއްގަ ބޭނުންކުރާނަމަ ދަތްދޮޅި މޭގަ ޖައްސާކަށް ނުޖެހޭނެ!: މުފްތީ މެންކް

އަންހެނުން ބަލިވެއިނުމުން ޚާއްޞަކޮށް އަލަށް ނުވަތަ ފުރަތަމަ ފަހަރު ބަލިވެއިނުމުން ލިބޭ ހިތްވަރު ދިރިއުޅުމުގެ ހުރިހާ ހާލެއްގައިވެސް ބޭނުންކުރާނަމަ ދަތްދޮޅި އެލުވައި މޭގައި ޖައްސާކަށް ނުޖެހޭނެ އެވެ. 

ވިސްނާށެވެ! ބަލިވެ އިންކަން އެނގުމަކީ ލިބޭ އެންމެ އުފާވެރި ޚަބަރެވެ. ޙަޔާތުގެ ގަހުގައި މޭވާއަޅަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ އެމޭވާ ބޮޑުވެ ފައްކާވެ ދޮންވުމުން އެއިގެ މީރު ރަހަ ދެކެން ބޭނުންނުވާނީވެސް ކާކު ހެއްޔެވެ؟ 

ބަނޑު ބޮޑުވެ ވޭންތައް އުފުލަންޖެހުމުން ގިނަ ސުވާލުތަކެއް އުފެދިގެންދެއެވެ. އަހަރެންނަށް މިކަން ކުރެވޭނެހެއްޔެވެ؟ ވޭންއަޅާވަރުން އުނދަގޫތައް ކުރިމަތިވެއެވެ. ރޭގަނޑުގެ ނިދި ގެއްލެންފެށުމުން ކަންބޮޑުވުން އިތުރުވެއެވެ. ވިހެއުމުގެ ވޭން އުފުލިދާނެކަމާއިމެދުވެސް ސުވާލުކުރެވެއެވެ. 

ނަމަވެސް ކަންތައްތައް ވަނީ ކިހިނަކުންހެއްޔެވެ؟ ހިތަށް އަރަން ފަށައެވެ. "މިއީ އަހަރެންނަށް އެކަނި ކުރަން ޖެހޭ ކަމެއް ނޫނެވެ. ދުނިޔޭގެ ހުރިހާ އަންހެނުންނަށްވެސް ހަމަ ކުރެވޭ ކަމެކެވެ. އަހަރެންނަށް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ހަމަ ކުރެވޭނެއެވެ. އެހެން އަންހެނުނަންށްވުރެ މާ ހިތްވަރުކުރާނަމެވެ. ﷲ ތަޢާލާ އަހަރެންނަށް ހިތްވަރު ދެއްވަވާނެތެވެ!" އެ ސާބިތުކަމުގައި ދުޢާކުރުންމަތީގައި ތިބެނީއެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން ރަނގަޅު ގޮތުގައި ތިއްބައި ނިކަމެތިކުރުމުން ވސްނަންވީ ހަމަ މިފަދައިންނެވެ! "އެކަނިވެރިވާންޖެހުމަކީ ހާދަގިނަ އަދަދެއްގެ އަނހެނުންނަށްވެސް ކުރިމަތިވާ ކަމެކެވެ. އެމީޙުން ކެތްތެރިވުމުން އެމީހުންނަށްވަނީ މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވައިފައެވެ. އަހަރެންނަށްވެސް ހަމަ ކެތްކުރެވޭނެއެވެ! އަދި އަހަރެންނަށްވެސް ހަމަ މާރަނގަޅު ފިރިއަކުވެސް ދެއްވަވާނެތެވެ!" މިވިސްނުން ގެނައުމާއިއެކު ދުޢާކުރުން ގިނަކުރާށެވެ! 

ކުށަކާއި ނުލައި އެކަނިވެރިވާ ވަގުތުން ފެށިގެން އޭނާއަކީ އަނިޔާލިބެމުންދާ ނަފްސެކެވެ. އަނިޔާވެރިންގެ ދުޢާ އާއި ﷲ ތަޢާލާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނެތެވެ. ވީމާ އޮތީ ކެތއތެރިވެ ސާބިތުވުމެވެ. ދުޢާކުރުން ގިނަކުރުމެވެ. އެންމެފަހަރަކުވެސް އަނިޔާދިން މީހާއަށް ލައްނަތް ދެއްވެވުން އެދި ދުޢާނުކުރާށެވެ! އެކަން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! ދުޢާކުރަންވާނީ ތިމާއަށް ރަނގަޅު ގޮތްތައް މިންވަރުކޮށްދެއްވެވުން އެދިއެވެ. ތަޤްވާވެރި އޯގާތެރި ލޯބިވާނެ ފިރިއަކު ތިމާއަށް ދެއްވެވުން އެދިއެވެ. 

ހަމައެއާއިއެކުފާފައަކަށްވެދާނެ އެންމެހައިކަންކަމުން ދުރުހެލިވެ ހުރުމެވެ! އެއިރުން ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވައި މާއުފާވެރި ޙަޔާތެއް ދެއްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން