ޑޮކްޓަރުން ކަންބޮޑުވަނީ މިސްކިތުގައި ގިނަ ބައަކު ޖަމާވެ ތިބޭތީއެވެ. އެއީ ބަންދުތަނަކަށްވާތީއެވެ. އެގޮތުން ބަލާނަމަވެސް މިއަހަރު އެންމެ ރަނގަޅީ މޫސުން ތަންދޭނަމަ ހާމަތަނެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުންކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ސުންނަތުގައި އޮތީވެސް ޢީދުނަމާދު ހާމަތަނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި އެކަކާއި ޖެހި އަނެކަކު ކިޔޫގައި އެތައް ގަޑިއިރުވަންދެން އެތައް ސަތޭކަ ބައަކު ތިބޭތަން މިހާރުވެސް ދަނީ ފެންނަމުންނެވެ. އެހެންކަމުން ބޮޑު ޖަމާޢަތުގައި ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއިއެކު ޢީދު ނަމާކުރަން އެއްވެސް ނުރައްކަލެއް ނެތްކަން ވެސް މިވަނީ ހާމަވެފައެވެ.
ހުކުރު ޚުޠުބާ ވެސް މިހާރު ވަނީ ވަރަށް ބޮޑަ ކުރުކޮށްފައެވެ. މަދު މިނިޓުކޮޅެއްގެ ތެރޭގައި ހުކުރު ނަމާދު ވެސް ނިންމައެވެ. ޙާލަތާއި ގުޅިގެން ޢީދު ނަމާދުވެސް ކުރުކުރެވިދާނެއެވެ. ހަމަ އެއާއިއެކު މިވަގުތުގެ ޙާލަތަށް ބަލައި އަތާއި އަތްޖޯޑުކޮށް ސަލާން ކުރުމަކީ ރައްކައުތެރިކަމަކަށް ނުވެދާނެއެވ. ނަމަވެސް ސަލާމްގޮވުމަކީ ކުރެވިދާނެ ކަމެކެވެ.