ޤުރްއާން ކިޔެވުމަކީވެސް އަޅުކަމެކެވެ. އަޑުއެހުމަކީވެސް އަޅުކަމެކެވެ. އުނގެނުމަކީވެސް އަޅުކަމެކެވެ. އުނގަންނައިދިނުމަކީވެސް އަޅުކަމެކެވެ. ވީމާ ހަމައެކަނި ކިޔަވާލައިގެން ފުއްދައިނުލާށެވެ!
ޤުރްއާން ކިޔަވާ ގޭގެ ވަށައިގެން މަލާއިކަތުން ތިއްބަވަތެވެ. ﷲ ތަޢާލާގެ ރަޙްމަތް އިތުރުކުރައްވަވަތެވެ. ޤުރްއާން ނުކިޔަވާ ގެތަކުގައި ޝައިޠާނުން ތިބެއެވެ. ﷲ ތައާލާގެ ރަޙްމަތް އުނިވެގެންދެއެވެ.
ވީމާ މި ދުވަސްތަކުގައި ގެތަކުގައި ޤުރްއާން ކިޔެވުން ގިނަކުރާށެވެ!