މިނިވަން ދުވަސް އައިއިރު ދަރަނިން ސަލާމަތްނުވެދާނެ ކަމުގެ އެންމެ ބިރު ބޮޑު ޤައުމުތަކުގެ ތެރޭގައި ރާއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މިނިވަން ދުވަސް އައިއިރު ދަރަނިން ސަލާމަތްނުވެދާނެ ކަމުގެ އެންމެ ބިރު ބޮޑު ޤައުމުތަކުގެ ތެރޭގައި ރާއްޖެ!

 

މިއަަހަރުގެ މިނިވަން ދުވަސް އައިއިރު ރާއޖެ މިވަނީ ދަރަނިތަކުން ސަލާމަތް ނުވެވިދާނެ ކަމުގެ އެންމެ ބިރުބޮޑު ޤައުމުތަކުގެ ލިސްޓުގެ 9 ވަނައިގައެވެ. އަފްޣާނިސްތާނު އެންމެ ކުރީގައި އޮތްއިރު 5 ވަނައިގައި އިތިއޯޕިއާއެވެ. 9 ވަނައިގައި އޮތީ ރާއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމުގެ ޙަޤީޤީ ބަޠޮލް އިބްރާހީމް ނާޞިރު ރާއްޖޭގެ ވެރިކަމުން އިސްތިޢްފާދެއްވިއިރު ރާއްޖޭގަ އޮތް ހަމައެކަނި ދަރަންޏަކީ ވެރިކަމުގެ އެންމެ ފަހުކޮޅު ރާއްޖެ ގެނައި ޖެނެރޭޓަރެއްގެ އަގުން ނުދެއްކި ބާކީ އޮތް އެންމެ 2،3 ލައްކަ ރުފިޔާ ކަމަށްވެއެވެ.

އެޒަމާނުގެ ނިޞްބަތުން ރާއްޖެ އައީވެސް ތަރައްޤީވަމުންނެވެ. ކުރިއަރަމުންނެވެ. އިޤްޠިޞާދީ ގޮތުން އެއިރު ނެތް ސިނާޢަތެއް މިހައިތަނަށް ފެންނާކަށް ނެތެވެ.

 

މިއަދު އޮންލައިން