މި ދެ ކަންތައް ތިބާ ކުރަން ބޭނުންވާ ކަންކަން ކާމިޔާބުކުރަން ހުރަސް އަޅައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މި ދެ ކަންތައް ތިބާ ކުރަން ބޭނުންވާ ކަންކަން ކާމިޔާބުކުރަން ހުރަސް އަޅައެވެ!

ވަރަށް ގިނަ ބައަކު އެމީހުން ކުރިއަރަން ކުރާ މަސައްކަތުގައި ކާމިޔާބު ނުލިބޭތީ ޝަކުވާ ކުރެއެވެ. އެފަދަ މީހުން ފުރަތަމަވެސް ކުރަން އޮތް އެއް ކަމަކީ މުސްލިމް އަޚުންނަށް ހިތްހެޔޮކުރުމެވެ. މުސްލިމް އަޚުން ދެކެ ލޯބިވުން އިތުރުކުރުމެވެ! 

އެއްވެސް މީހަކީ ތިމާއަށްވުރެ ދެރަ ނުވަތަ ނިކަމެތި މީހެއް ކަމަށް ބަލައި ނަފްރަތު ނުކުރާށެވެ! ހަމައެއާއިއެކު އަނެކާއަކީ ތިމާއަށްވުރެ ކުރިއަރާފައިވާ މީހެއް ކަމަށް ބަލައި ހަސަދަ ނުލާށެވެ! މިދެކަންތަކަކީ ވެސް މީހާ ކުރިއަރަން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަންކަމެވެ. ކުރާ މަސައްކަތުން ކުރިއެރުން ލިބުމަށް ހުރަސްއަޅާ ދެ ކަންތަކެވެ. 

އޭނާއަކީ ތިމާގެ އަޚެއްކަން އެމިހާގެ ނަމުންވެސް އެނގޭނެއެވެ. އެހިސާބުން އެމީހަކު ދެކެ ލޯބިވާށެވެ! އަޅައިލާށެވެ! އެހީތެރިވާށެވެ! އެކަމުގެ ސަބަބުން ތިބާއަށް ކުރިއެރުމާއި ކާމިޔާބު ދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން