ތިބާ ބޭނުންވާ ކަންކަން ފުރިހަމަކުރަން ޢަމަލުކުރަންވީ ގޮތް ހަމަ އެންމެ ޢާޔަތަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތިބާ ބޭނުންވާ ކަންކަން ފުރިހަމަކުރަން ޢަމަލުކުރަންވީ ގޮތް ހަމަ އެންމެ ޢާޔަތަކުން!

ގިނަބައަކަށް ކަންކުރެވޭގޮތަކީ އެއްވެސް ބާވަތެއްގެ ދަތި އުނދަގޫކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމަކާއި މެދު ވިސްނަމުންގޮސް ﷲ ތަޢާލާއަށް ކުރަން ޖެހޭ އަޅުކަން ވެސް ފުރިހަމަނުކުރެވެނީއެވެ. ނަމާދަށް ހުންނައިރުވެސް އެ މައްސަލަތައް މަތިން ހަނދާންކުރަންހަދައިގެން ނަމާދަށްވެސް ސަމާލުކަން ނުދެވެނީއެވެ. 

ބައްދަލުވާހައި ބައެއްގެ ގާތު ހަމަ އެއްކަމެއްގެ ވާހަކަތައް ދައްކައި ޝަކުވާ ކުރެއެވެ. އެނޫންކަމެއް އެމީހާގެ ސިކުނޑީގައި ހުންނަ ކަމަކަށްވެސް ނުވެއެވެ. އެފަދަ މީހުންނަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ. 

"އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، އިޙްޞާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެތެވެ." (ހޫދު: 115)

ވީމާ އަހަރެމެންނަށް އޮތީ ކެތްތެރިވުމެވެ. މަސައްކަތްކުރަންވީ އިޙްޞާންތެރިންގެތެރެއިން ވުމަށެވެ. އިޙްޞާންތެރިކަމުގެ މާނައިގައި ތިމާ އަޅުކަންކުރާއިރު ތިމާއަށް ﷲ ތަޢާލާ ނުފެނުނު ނަމަވެސް ﷲ ތަޢާލާ 7 އުޑުމަތިން ތިމާކުރާ އަޅުކަން ބައްލަވައިވޮޑިގެންވާކަން ޤަބޫލުކޮށް ވީހައި ފުރިހަމައަށް އަޅުކަންކުރުން ވަނީ ހިމެނިގެންނެވެ. 

މިއާޔަތުގައި ވަޙީކުރައްވަވާފައި އެވަނީ އިޙްޞާންތެރިންނަށް ހުރި ދަރުމަ ގެއްލެނި ނުކުރައްވަވާނެ ކަމެވެ. ކެތްތެރިވެ އިޚްލާޞްތެރިކަމާއި އިޙްޞާންތެރިކަމާއިއެކު އަޅުކަންކުރާ މީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން