އަންހެން ކުއްޖަކު ރެސްޓޯރަންޓެއްގައި ކާން އިނދެފައި ބޭރުބަލައިލިއިރު މަގުމަތީގައި އިން ސަލާންޖަހާ މީހަކީ ވަކިލާރިހޮވަނީއެވެ. ހީވަނީ އޭނާގެ ލާރިކޮޅު ބިންމައްޗަށް އެޅިގެން ހޮވަނީހެންނެވެ. ހޮވައި ނިމިގެން ގުނަން ފެށިއެވެ.
އެކުއްޖާ ބޭނުންވީ އޭނާ ރެސްޓޯރަންޓަށް ވައްދާފައި ސައިދޭށެވެ! އެހެންވެ އޭނާ ގެނެސް ހަމަ އެމޭޒުގައި ބެއިންދުމަށްފަހު ކޮފީތަށްޓަކާއި ސޭންޑްވިޗެއް ކާންދިނެވެ. އެހިސާބުން ސަލާންޖަހާ މީހާ އޭނާގެ ވާހަކަ ކިޔައިދިނެވެ.
އޭނާއަކީ ހަމަ ރަނގަޅު ޢާއިލާއަކަށް ނިޞްބަތްވާ މީހެކެވެ. އޭނާގެ ޅަ އުމުރުގައި ގެއިން ފިލައިގެން ނުކުތީ މަންމަ ޢާއި ބައްޕަ އަބަދު ތަޅާފޮޅާތީ މަންޒަރު ބަލަން ނުކުޅެދިގެންނެވެ. ސަލާންޖަހާ މީހަކަށްވެގެން މަގުމަތީގައި އުޅެ މުޅި އުމުރު ދުއްވައިލިއިރުވެސް މީހުންގެ އަނިޔާއަކުން ސަލާމަތެއްނުވިއެވެ. މިހާރުވެސް މީހުން އޭނާގެ ގައިގައި ތަޅަނީއެވެ. އެހެންކަމުން އަނިޔާއިން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ ދުނިޔެއިން ނުކުމެގެން ދިއުމެވެ.
އޭނާ ނުކުމެގެން ދިއައީ އަންހެންކުއްޖާއަތަށް ކުޑަކަރުދާސްކޮޅެއް ދީފައެވެ. ނިއުޅައި ކިޔައިލިއިރު ލިޔެފައި އޮތީ "މިއަދަކީ އަހަރެން އަމިއްލައަށް މަރުވާން ނިންމައިގެން ހުރި ދުވަހެވެ. ނަމަވެސް ކަލޭގެ ސަބަބުން ދެން އެކަން އަހަރެން ނުކުރާނަމެވެ! ޝުކުރިއްޔާ! ޢަޖައިބެއްފަދަ އިންސާނާ!"
ދުނިޔޭގައި އުޅޭ ކޮންމެ މީހަކީވެސް ތަފާތު މައްސަލަތަކެއްގައި ދިރިއުޅޭ މީހެކެވެ. ކޮންމެ މީހަކީ ތިބާފަދަ އަރާމާއި އުފަލުގައި ދިރިއުޅޭ މީހަކަށް ނުވެދާނެއެވެ. މިހާދިސާއިން އެނގިގެންދަނީ މީހަކަށް ފޯރުކޮށްދެވޭ ކިތަންމެ ކުޑަކުޑަ އެހީތެރިކަމަކުންވެސް މީހެއްގެ މުޅި ދިރިއުޅުން މުޅިން ބދަލުކޮށްލެވިދާނެ ކަމެވެ. އެހީތެރިކަމާ އޯގާތެރިކަން ކުރިއަށް ނެރޭށެވެ! މުޅި ދުނިޔޭގެ ޙާލަތުވެސް ބަދަލުކޮށްލެވިދާނެއެވެ!