މަރުވެ ވަޅުލެވުމުން ބިންގަނޑު މިފަދައިން ބުނާނެ މީހަކަށްވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މަރުވެ ވަޅުލެވުމުން ބިންގަނޑު މިފަދައިން ބުނާނެ މީހަކަށްވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

ﷲ ތަޢާލާއަށް ނުކިޔަމަންތެރިވި ކާފިރުން މަރުވެ ވަޅުލެވުމުން ބިންގަނޑު އެމީހާއަށް ބުނާނެތެވެ! "އޭ ﷲ ގެ އަޅާއެވެ! އަހަރެން ކަލެއަށް އިންތިޒާރުކުރާތާ ހާދަ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ތިބާއަކީ މީސްތަކުންގެ ތެރެއިން އަހަރެން އެންމެ ރުޅިއަންނަ އެކެކެވެ. ތިބާ، ތިބާގެ ވެރި ރައްބަށް ނުކިޔަމަންތެރިވެ، އުރެދި، ގުންފައިޖަހާފައި އަހަރެންގެ ގައިމަތީގައި އުޅުނުއިރު މިދުވަސް އަންނާނެކަމަށް ޤަބޫލުވެސް ނުކުރަމުއެވެ. ތިބާ ޤަބޫލުނުކުރި ދުވަސް މިއަދު މިވަނީ ތިބާ އާއި ބައްދަލުކޮށްފައެވެ. މިއަދު ތިބާ އާއިމެދު ކަންތައްތައް ވެގެންދާގޮތް ދެކޭށެވެ!" 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ހޭދަކޮށްލަން މިލިބެނީ ހާދަ މަދު ދުވަސްކޮޅެކެވެ. އަޖަލު ހަމަވުމުން ދުނިޔެއިން ވަކިވާންޖެހެއެވެ. ތިމާގެ އެއްވެސް އާރެއް ބާރެއް ނެތި ދުނިޔެއިން ވަކިވާން ޖެހެއެވެ. ފަސްގަނޑުގައި ވަޅުލެވެއެވެ. 

މަރުގެ މަލާއިކަތާ ލޮލަށްފެންނަ ވަގުތުން ފެށިގެން މީހާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދެއެވެ. ކުރިމަތިލާންޖެހެނީ ބަރުޒަޚުގެ ޢާލަމް ނުވަތަ ކައްވަޅުގެ ދުވަސްތަކާއިއެވެ. ޤިޔާމަތުގެ ތާޅަފިލި ފުމެލެވެންދެން ހޭދަކުރަންޖެހެނީ އެ ޢާލަމުގައެވެ. ދުނިޔޭގައި އެމީހާ ކުޅަ އަމަލުތަކުގެ ރަހަ ދެކޭ ހާލުގައެވެ! ވީމާ ވިސްނުންތެރިވާށެވެ! ދުނިޔެއަށްޓަކައި އާޚިރަތް ނަގައި ނުލާށެވެ!

- ޝައިޚް އަޙްމަދު ޢަލީގެ ދަރުސަކުން

މިއަދު އޮންލައިން