ހަނދު ކޮންމެ މަހަކު އެ ހަނދާންކޮށްދެނީ އިންސާނާގެ ފެށުމާއި ނިމުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހަނދު ކޮންމެ މަހަކު އެ ހަނދާންކޮށްދެނީ އިންސާނާގެ ފެށުމާއި ނިމުމެވެ!

މި ހަނދު ފަދައިން މެނުވީ އިންސާނާގެ ޙަޔާތް ނުވެއެވެ.

﴿وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ﴾ - سورة يس 39

އަދި ހަނދަށް ތިމަންއިލާހު މަންޒިލްތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.)

ހަނދާމެދު ވިސްނާފިކުރު ކޮށްލައިފިނަމަ އެނގިގެންދާނީ އިންސާނާގެ ޙަޔާތްވެސް ހަމަ މިފަދައިންވާ ކަމެވެ. ފެށެނީ ޟަޢީފުކޮށެވެ. އޭގެ ފަހުގައި ބާރު ގަދަވަމުން އައިސް ފުރިހަމަވެ އެއަށްފަހު ދަށްވާން ފަށައެވެ.

=އިބްނު ޢުޘައިމީން ރަޙިމަހުﷲ

(ޝައިޚް މުޙައްމަދު ޝާފިޢު)

މަހުގެ ފުރަތަމަ ރޭ ހަނދު ކޫރެއްފަދައިން އިންނާތީ އޮންނަނީ ގިނަފަހަރު ލޮލަށް ނުވެސް ފެނިފައެވެ. ނުވަތަ ފެނުމަކީ އުނދަގޫ ކަމަކަށްވެފައެވެ. މަސް ދެބައިވާއިރު އެއިގެ އަސްލު ސައިޒުން ފެނިގެންދެއެވެ. އެހިސާބުން ނިކަމެތިވާން ފަށައެވެ. ކުޑަވާން ފަށައެވެ. މަސް ނިމެނީ ހަމަ ކޫރުމެއްފަދައިން ވެފައެވެ.

އިބްނު ޢުޘައިމީން ރަޙިމަހުﷲ އެވަނީ މިމަރުޙަލާތައް އިންސާނާގެ ޙަޔާތާއި ގުޅުވާލައްވައިފައެވެ. އުފަންވާއިރުގެ ނިކަމެތިކަމެވެ. އެއަށްފަހު ހެދި ބޮޑުވެއެވެ. އެއަށްފަހު އަނެއްކާވެސް ފަށަނީ ނިކަމެތިވާށެވެ! ދުނިޔޭގައި ހުރެ މުސްކުޅިވެއްޖެ ނަމަ ނިމިގެންދަނީ އެއްވެސް ބާރެއް ނެތް ނިކަމެތި، ބަލިކަށި، މީހެއްގެ ގޮތުގައެވެ. 

ވީމާ ހަނދު ކޮންމެ މަހަކުވެސް އެ ހަނދާންކޮށްދެނީ މިކަންކަމެވެ. ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ!

މިއަދު އޮންލައިން