މާދަމާ ރޯދަ ހިފައި 2 އަހަރުގެ ފާފަ ފުހެލަން މަސައްކަތްކުރާށެވެ! އަދި ރައްޓެހިންނަށް ޝެއާރކޮށް ހަނދާންކޮށްދީގެން އަހަރުތައް އިތުރުކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މާދަމާ ރޯދަ ހިފައި 2 އަހަރުގެ ފާފަ ފުހެލަން މަސައްކަތްކުރާށެވެ! އަދި ރައްޓެހިންނަށް ޝެއާރކޮށް ހަނދާންކޮށްދީގެން އަހަރުތައް އިތުރުކޮށްލާށެވެ!

މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މާދަމާ (ޖުލައި 30، ޛުލްޙައްޖު 9) ވަނަ ދުވަހަކީ މިއަހަރުގެ ޙައްޖު ދުވަހެވެ. ޢަރަފާތު ދުވަހެވެ. ޙައްޖު ދުވަހު ޢަރަފާތު ބިމުގައި ނުހުރެވުނު މީހާއަށް (ޙައްޖު ނުވެވުނު މީހާއަށް) އެންމެ މުހިންމު އަޅުކަމަކަށް ކުރެވެން އޮތީ މާދަމާ ރޯދަހިފުމެވެ. 

މާދަމާ (ޙައްޖު ދުވަހު) ރޯދަހިފުމަކީ ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ އެ މަތިވެރި ނިޢްމަތަށް އެދޭމީހާ މާދަމާ ރޯދަހިފާށެވެ! އަދި އިތުރު ޘަވާބަށް އެދޭ މީހާ އެހެންމީހުންނަށް ހަނދާންކޮށްދޭށެވެ! ރައްޓެހިންނަށް ވިސްނައިދޭށެވެ! ޢާއިލގެ މީހުންނަށް ހިތްވަރުދޭށެވެ.! ތިމާކުރާ މަސައްކަތުގެ ސަބަބުން މީހަކު ރޯދަ ހިފައިފިނަމަ ރޯދަ އެހިފި މީހާއަށް އޭނާއަށް ޙައްޤު ޘަވާބުން އެއްވެސް މިންވަރެއް އުނިނުކުރައްވަވައި އެކަމަށް ހިތްވަރުދީ އެހީތެރިވި މީހާއަށް ވެސް ދެއްވަވާނެތެވެ! 

އިމާމު މުސްލިމު ރިވާކުރަށްވާފައިވާ ޙަދީޘެއްގައި ވެއެވެ. رَسُولُ اللَّهِ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘުފުޅު ކުރެއްވެވިއެވެ. 

صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ

މާނައީ: "ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ދަރުމަހުރި ކަމެކެވެ. ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެރޯދަ ހިފާމީހާގެ ވެއަތުވެދިއަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފައިގެ ކައްފާރާއަކަށް މާތް ﷲ އެރޯދަ ލައްވާފައި ވެއެވެ."

މިއަދު އޮންލައިން