ދަރިވަރަށް ޙާޞިލްވެފައިވާ މިންވަރާއި ދަރިވަރުގެ ޢިލްމީ ފެންވަރު އެ އެސައިންމެންޓުގެ ޛަރީޢާއިން ވަޒަން ކުރެވޭ އެއްޗެކެވެ. އެހެންކަމުން އެސައިންމެންޓުގެ މަސައްކަތް ކުރަންވާނީ ދަރިވަރެވެ. އަދި އެކަމަށް އެކި އެކި ފަރާތްތަކުން އެހީތެރިކަން ހޯދުމަކީ މައްސަލައެއް ނޫނެވެ.
ނަމަވެސް މުޅި އެސައިންމެންޓު އަގު ދީގެން މީހަކު ލައްވާ ހެއްދުމަކީ އެކަމުގެ ގެއްލުން ދަރިވަރަށްވެސް ލިބޭނެ ކަމެއް އެއީ އެސައިންމެންޓު ހެދުމުގެ ތެރޭގައި ދަރިވަރަށް ދަސްވާ ބައިވަރު ކަންކަން އެގޮތަށް ކަންތައްކުރީމައި ދަސްނުވާނެއެވެ. އަދި ޢިލްމީގޮތުން ބަލާއިރު ފައިސާއަށް މީސްމީހުން ލައްވާ އެސައިންމެންޓު ހެއްދުމަކީ އެތިކަލް ކަމެއް ނޫނެވެ.
އެއްވެސް އިޚްލާޞްތެރިކަމެއް ނެތި، ސެޓްފިކެޓަށް ކިޔެވުމަކީ މިއަދު މުޅި ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލައެއް، ސެޓްފިކެޓް ޙާޞިލްކޮށްގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި ޢިލްމީ ޤާބިލުކަން ނެތުމެވެ! والله المستعان
- ޝައިޚް މުޙައްމަދު ޝާފިޢު