ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ މިސްކިތެއްގަ ހުޅުޖަހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ މިސްކިތެއްގަ ހުޅުޖަހައިފި

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ މިސްކިތެއްގައި ހުޅުޖަހައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ރާމަﷲ ކައިރީގައި ހުންނަ އަލްބިރެހް މިސްކިތުގައި ހުޅުޖަހާފައިވަނީ އެ ސަރަހައްދަށް ވަޒަންވެރިކުރުވާފައި ތިބި ހައްދުފަހަނައަޅާފައިވާ ޔަހޫދީން އަތުބޮން އުކައިގެންނެވެ. ރޯވި އަލިފާނުގެ ސަބަބުން މިސްކިތުގެ ބައެއް ތަންތަނަށް ވަނީ ގެއްލުން ލިބިފައެވެ. 

މިސްކިތަށް އަތުބޮން އުކުމުގެ ކުރިން އެމީހުން ވަނީ އިސްލާމް ދީނަށް އެއްޗެތި ގޮވައި މިސްކިތުގެ ފާރުގައި ހިބްރޫބަހުން ލިޔެ ހަދައިފައެވެ. 

ފަލަސްޠީނުގެ ސަރުކާރުން ބުނެފައިވަނީ މި ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ އެތަނުގައި އެމީހުން ވަޒަންވެރިކުރުވި އިޒްރޭލުގެ ސަރުކާރުން ކަމަށެވެ.

މިއަދު އޮންލައިން