ޢަރަފާތު ދުވަސް މުހިންމުވާ ސަބަބާ ޢަރަފާތު ދުވަހު ކުރަންވީ އަމަލުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޢަރަފާތު ދުވަސް މުހިންމުވާ ސަބަބާ ޢަރަފާތު ދުވަހު ކުރަންވީ އަމަލުތައް!

ޢަރަފާތު ދުވަހަކީ އަހަރުގެ ދުވަސްތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު، އެންމެ މާތް ދުވަސްކަމުގައިވެގެންދަނީ އެދުވަހަކީ ﷲ ތަޢާލާ އިސްލާމް ދީން ބާވައިލައްވަވައި ފުރިހަމަކުރެއްވެވި ދުވަސްކަމަށްވުމުންނެވެ. އެދުވަހު ބިމުގެ އުޑަށް ތަޖައްލީވެވޮޑިގެން ޢަރަފާތު ބިމުގައި ތިބޭ މީހުންނަށް ބައްލަވައި ފަޚުރުވެރިވެވޮޑިގަންނަވާތީއެވެ. އެއެންމެންގެ ފާފަތައް ޢަފޫކުރައްވަވައި ދެއްވަވާތީއެވެ. އަދި ޢަރަފާތު ދުވަހަކީ އެންމެ ގިނަ މީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާ ދުވަސްކަމުގައިވާތީއެވެ. 

"ބުރުޖު ތަކުގެވެރި އުޑު ގަންދެއްވަމެވެ.(.) އަދި ވަޢުދު ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ. (.) އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.(.)" (އަލްބުރޫޖު: 1،2،3)  

It was reported from Abu Hurayrah (ra) that the Prophet (pbuh) said:

"The promised day is the Day of Resurrection, the witnessed day is the Day of ‘Arafaah, and the witnessing day is Friday." (Tirmidhi)

ޢަރަފާތުގެ މާތް ބިމަށް މިއަހަރު ދިއުމަށް އުންމީދުކޮށްގެން ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިއަން މުސްލިމުން ތިބި ނަމަވެސް އެއިން އެއްވެސް މީހަކަށް މިއަހަރު މިވަނީ މި މާތްދުވަހު އެބިމަށް ދިއުމުގެ ފުރުޞަތު ނުލިބިފައެވެ. ނަމަވެސް އަހަރެމެން ކޮންމެ މީހަކަށްވެސް އެމީހަކު ހުރިތަނެއްގައި ހުރެގެން ﷲ ތަޢާލާ އާއި ކުއްތަންވުމުގެ ފުރުޞަތު ވަނީ ދެއްވަވައިފައެވެ. 

ކުރަން އޮތް ކަމަކީ ރޯދަހިފުމާއި އެމީހަކު ހުރިތަނެއްގައި ހުރެގެން ވީހައި ގިނައިން ސަޖިދަކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. ފާފަތައް ފުއްސަވައި ރަޙްމަތް ލެއްވެވުން އެދި ދުޢާކުރުން ގިނަކުރުމެވެ. ވީހައި ގިނައިން ޛިކުރުކުރުމެވެ. ކީރިތި ޤުރްއާން ކޔެވުމެވެ. ވީވަރަކުން ޞަދަޤާތްކުރުމެވެ! 

އަދި ޤުރްބާނީގެ މަތިން ހަނދާންނައްތައިނުލާށެވެ! އެއީ ފާފަތައް ފުހެލަން ލިބިފައިވާ އެންމެ އަގުހުރި ފުރުޞަތެވެ. ކަތިލެވޭ އެޓިގެ ލޭ ގޮސް ބިމުގައި ޖެހުމުގެ ކުރިން އެމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެތެވެ. 

ޢަރަފާތު ދުވަހު ގިނަގިނައިން ކުރަންވީ މިދުޢާއެވެ!

The Prophet Muhammad, peace be upon him, said:

 "The most excellent dua is the dua on the Day of Arafah, and the best of what I and the prophets before me have said, is "There is nothing that deserves to be worshiped in truth except Allaah, He is Alone and has no partner, to Him belongs the dominion and to Him belongs all praise, and He is All-Powerful over all things.'" (Muwatta)

لا إله إلا الله وحده لا شريك له ، له الملك ، وله الحمد ، وهو على كل شيء قدير

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިބަރަކާތުން ފުރިގެންވާ ދުވަސްތައް ފެށުމުގެ ކުރިން އެމީހަކު މާފަށް އެދެންޖެހިފައިވާ އެއްވެސް މީހަކު ހުރިނަމަ އެމީހެއްގ ކިބައިން މާފަށް އެދުމަށް ކުރިން ވާނީ އެތައް ފަހަރަކު ވަޞިއްޔަތްކޮށްފައެވެ. މިއަދާއި ހަމައަށްވެސް އެކަން ނުކޮށް ހުރި މީހަކު ހުރިނަމަ އެކަމަށް އަވަސްވެގަތުމަށް މިރޭ ވެސް ވަޞިއްޔަތް ކުރަމެވެ. 

- އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން