ރަނުގެ ފުރުޞަތެއް! މީސްތަކުން މިއަދު ޢަރަފާތަށް އެއްވެ ތިބޭ ވަގުތު ކޮންމެ ޤައުމެއްގަ ހުރި ނަމަވެސް ދުޢާކުރުން ހަމައެކަކުވެސް ހުއްޓާނުލާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރަނުގެ ފުރުޞަތެއް! މީސްތަކުން މިއަދު ޢަރަފާތަށް އެއްވެ ތިބޭ ވަގުތު ކޮންމެ ޤައުމެއްގަ ހުރި ނަމަވެސް ދުޢާކުރުން ހަމައެކަކުވެސް ހުއްޓާނުލާތި!

 

މިއަހަރުގެ ދުވާލުގެ ވަގުތެއްގައި މިސްތަކުންނަށް ލިބޭނެ އެންމެ ބޮޑު ފުރުޞަތު ލިބެން ދާދި މަދު ވަގުތުކޮޅަކަށް ގާތްވެއްޖެއެވެ!

އެވަގުތު ކޮޅުގެ މުހިންމުކަން އަދިވެސް ނަކަލުކޮށްލާނަމެވެ.

ޢަރަފާތު ދުވަހު މީސްތަކުން ޢަރަފާތުބިމަށް އިއްވެ ތިބޭވަގުތު ބިމުގެ އުޑަށް ތަޖައްލީވެވޮޑިގެން ޢަރަފާތު ބިމުގައި ތިބޭ މީހުންނަށް ބައްލަވައި ފަޚުރުވެރިވެވޮޑިގަންނަވައި މަލާއިކަތުންނަށް ބަސްފުޅު ވަޙީޚުރައްވަވައެވެ. އެއެންމެންގެ ފާފަތައް ބިމުހުރި ވެއްޔަށްވުރެ ގިނަ ނަމަވެސް ކަނޑު ހުރި ފޮނަށްވުރެ ގިމނަނަމަވެސް ޢަފޫކުރައްވަވައި ދެއްވަވާތެވެ. އަދި ޢަރަފާތު ދުވަހަކީ އެންމެ ގިނަ މީހުންގެ ފާފަތައް ފުއްސަވައި ދެއްވަވާ ދުވަސްވެސްމެއެވެ.

ވީމާ އަހަރެމެންނަށް އޮތީ އަހަރެމެން ތިބި ތަނެއްގައި ތިބެގެން ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރުމެވެ. އެދޭ ކަންކަމުގެ ވާހަކަ ދަންނަވައި އާދޭސްކުރުމެވެ. އެމީހަކަށް އެނގޭ ބަހަކުން އެދޭ ޢިބާރާތަކުން ދަންނަވާށެވެ!

ބައެއް ޢިލްމުވެރިންގެ ބަސްފުޅޫތަކުން އެނގޭ ގޮތުގައި ޢަރަފާތު ދުވަހުގައި ދުޢާ ޢިޖާބަ ކުރައްވަވާނެ ވަގުތުކޮޅެއްވެއެވެ. އެ ވަގުތުކޮޅަކީ ކުރިން މި ބަޔާންކުރި ވަގުތުކޮޅު ކަމަށްވެސް ވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތައާލާއެވެ!

ޢަރަފާތު ދުވަހު ކުރުން ސުންނަތުން ބަޔާންވާ ދުޢާ:

 

 

މިއަދު އޮންލައިން