"އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ހުރިހާ ކަސްޓަމަރުންނަށާއި އެޖެންޓުންނަށް އަދި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހްނިޔާ އަރިސްކުރަން!" އުފަންވެލި ޝޮޕް މާލެ އަދި ހުޅުމާލެ، މަޑިހާ ކޮމްޕެނީ.

މިއަހަރުގެ ޢީދުގައިވެސް އެންމެ ގިނަބާވަތުގެ ކާބޯތަކެތި އެންމެ ހެޔޮ އަގުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕުން ބުނީ ހުރި ދަތިތަކާއިއެކުވެސް މަސައްކަތްކުރަމުން ގެންދަނީ އެންމެ ހެޔޮ އަގުގައި ހުރިހާ ބާވަތްތަކެއް ވެސް ވިއްކަން ކަމަށެވެ.

އުފަންވެލި ފިހާރަކުން ވަރަށް ހެޔޮ އަގުގައި ވިއްކާ ޚާއްޞަ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވަގުތުން ތައްޔާރުކޮށްލެވޭ ޝިކަން ފިލޭ، ޗިކަން ފިންގަރ އަދި ޗިކަން ޕޮޕްކޯން ހިމެނޭއިރު ކުކުޅާއި ގެރި މަހުގެ ބާވަތްތައް ވިއްކަމުން ގެންދަނީ ވަރަށް ހެޔޮ އަގުގައެވެ. ކުކުޅު ބިސް، އަލުވި، ފިޔާ، ތަރުކާރީ އަދި ތަފާތު މޭވާގެ ބާވަތްތައްވެސް އެންމެ ހެޔޮ އަގުތަކުގައި ހޯލްސޭލްކޮށް ރީޓޭލްކޮށް ވިއްކަނީވެސް އުފަންވެލި ފިހާރަތަކުންނެވެ.