އެންމެ ޙުރުމަތްތެރި ކުރެއްވެވި ދިހަ ދުވަހު ކުރި ބުރަ މަސައްކަތަށްފަހު މިދުޢާކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އެންމެ ޙުރުމަތްތެރި ކުރެއްވެވި ދިހަ ދުވަހު ކުރި ބުރަ މަސައްކަތަށްފަހު މިދުޢާކޮށްލާށެވެ!

 

"ޔާ ﷲ! އިނބަ ﷲ ޙުރުމަތްތެރިކުރެްވެވި ދުވަސްތަކުގައި އަޅަމެންގެ އީމާންކަން ވަރުގަދަކުރުމަށާއި ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކޮށްފީމުއެވެ. އަޅަމެން ކުރި ޢަމަލުތައް ޤަބޫލުފުޅުކުރައްވަވާނދޭވެ! އެ ޢަމަލުތަކުގައި އުނިކަން ހުރި ނަމަ އެއީ އަޅަމެންގެ ނުކުޅެދުންތެރިކަމުގެ ސަބަބުންނެވެ. އެކަންކަމަށް އަޅަމެންނަށް ޢަފޫކުރައްވަވާނދޭވެ!

 

ޔާ ﷲ! އަޅަމެންގެ އީމާންކަމާއި ތަޤްވާވެރިކަމުން ޛައްރެއްގެ މިންވަރުވެސް އުނިވެގެން ދިއުމަށް އިރާދަ ނުކުރައްވަވާނދޭވެ! ޔާ ﷲ! އަޅަމެންގެ އިމާންކަމާއި ތަޤްވާވެރިކަން އިތުރުކުރައްވަވައި ދެއްވަވާނދޭވެ!

 

ޔާ ﷲ! އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! އަޅަމެންނަށް އެނގިތިބެގެންނާއި ނުއެނގި ތިބެ ކުރެވިފައިވާ ފާފަތަކަށް ޢަފޫކުރައްވަވައި ދެއްވަވާނދޭވެ! އިނބަ ﷲ އާއި އެންމެ ބޮޑަށް ކުއްތަންކުރައްވަވާ އަޅުންގެ ތެރެއިން އަޅަމެން ލައްވަވާނދޭވެ!

 

ޔާ ﷲ! ކިތަންމެ ދަތިޙާލެއް އަދި ކިތަންމެ ބޮޑެތި ތަކްލީފްތަކެއް ކުރިމަތިވި ނަމަވެސް އިނބަ ﷲ އަށް އެންމެ ފުރިހަމަ ގޮތުގައި ވަކީލުކުރުމުގެ ތައުފީޤް އަލަމެންނަށް މިންވަރުކުރައްވަވާނދޭވެ!"

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން