ﷲ ކުރިމަތިކުރައްވަވާ ހާލަތަށް ކަންބޮޑުނުވެ ތިބާގެ ވާޖިބު އަދާކުރުމުން ކާމިޔާބު މިންވަރުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ﷲ ކުރިމަތިކުރައްވަވާ ހާލަތަށް ކަންބޮޑުނުވެ ތިބާގެ ވާޖިބު އަދާކުރުމުން ކާމިޔާބު މިންވަރުކުރައްވަވާނެ! އިން ޝާ ﷲ

ކަމެއްވެއްޖެކަން އަހަރެމެންނަށް އެނގެނީ އެކަމެއްވުމުންނެވެ! ނަމަވެސް ކޮންމެ ކަމެއްވެސް ވުމުގެ މާކުރިން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އެކަމުގެ ސަބަބުން މެދުވެރިވާނެ ކަންކަން ވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

އަދި އެކަމަކަށް ސަމާލުކަންވެސް ދެއްވަވަތެވެ! ހުރިހާ އަޅުންނަށް ކުރިމަތިވާ ހުރިހާ ޙާލަތެއްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ހަމައެންމެ ކަމެއްވެސް ދޫނުކުރައްވަވަތެވެ!

ވީމާ ކުރިމަތިވާ އެއްވެސް ކަމަކާއި އަދި ކުރިމަތިވެދާނެ އެއްވެސް ކަމަކާއި ގުޅިގެން ކަންބޮޑުނުވާށެވެ! އަހަރެމެން އިންސާނުންގެ އެއްވެސް ބާރެއް ނުހިނގާނެ ކަންކަމަށް ވިސްނުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

ވިސްނަންވީވެސް، ގަދައަޅައި މަސައްކަތްކުރަންވީވެސް ތިބާގެ ވާޖިބުއަދާކުރުންމަތީގައި ސާބިތުވެހުރުމަށެވެ! އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ވީހައި ގިނައިން އަޅުކަންކުރުމެވެ. އެމީހެއްގެ ވާޖިބު ފުރިހަމައަށް އަދާކޮށްފި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ! އެއީ އެކަލާނގެ ވައުދުފުޅެކެވެ! ﷲ ތަޢާލާ އެކަލާނގެ ވަޢުދުފުޅުތައް ފުއްދަވާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ!

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން