ފްލައިމީގެ ޒުވާން ޕައިލެޓް، ސަނޫން ނަސީރު ކުއްލި ގޮތަކަށް މަރުވެފަ އޮއްވާ ފެނިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ފްލައިމީގެ ޒުވާން ޕައިލެޓް، ސަނޫން ނަސީރު ކުއްލި ގޮތަކަށް މަރުވެފަ އޮއްވާ ފެނިއްޖެ!

ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ ދިވެހި ދިވެހި ޒުވާން ޕައިލެޓް، ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލޭގެ ފްލެޓެއްގެ ކައިރި އަށް މީހަކު ހޭނެތިގެން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:30 ހާއިރު ލިބުމުން އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއަ ކަމަށާއި ގެންދިއައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

ރޭ ދަންވަރު މަރުވެގެން ވެއްޓިފައި އޮއްވައި ފެނިފައިވަނީ ސ. ހިތަދޫ، ކޯޒްވޭ ވިލާ، އުމުރުން 35 އަަހަރުގެ ސަނޫން ނަޞީރުއެވެ.

ސަނޫންގެ ފޯނަށް ރޭ ދަންވަރު ވަރަށް ގިނައިން އަންހެނުން ގުޅި ކަމަށާއި ނަމަވެސް ފޯނަށް ޖަވާބު ނުދޭ ކަމަށްވެއެވެ. ދޮރުމަތީގައި އެނާ ވެއްޓިފައި އޮއްވާ ފެނިފައިވަނީ ފަތިހު ދޮރު ހުޅުވި ވަގުތު އެވެ.

ސަނޫން އަކީ 2013 ވަނަ އަަހރުން ފެށިގެން ފްލައިމީގައި މަސައްކަތް ކުރަމުން އަންނަ މަސައްކަތަށް ފަރުވާތެރި ޕައިލެޓެއް ކަމަށް ފްލައިމީ އިން ބުނެފައިވެއެވެ.

ސަނޫން ހުޅުމާލޭގައި ދިރިއުޅެނީ އޭނާގެ އާއިލާ، އަނބިމީހާ އާއި ކުޑަ ދަރިފުޅާއިއެކުގައެވެ. މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވެވުން އެދި ދުޢާކުރަމުއެވެ. އާމީން

 

 

 

 

މިއަދު އޮންލައިން