ބައެއް މީހުން ގޭގައި ތިބެ ފޫހިވުމުން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ޢަމަލުތައް ކުރެއެވެ. އެއިގެ ތެރޭގައި ފޯނު ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ނުބައި ބަސްބުނުމާއި އެނޫންވެސް ތަފާތު ޢަމަލުތައް ކުރެއެވެ!
ﷲ ތަޢާލާ ތިބާއަށް ތިބާ، ތިބާގެ ފޯނުން ކުރި ނުބައި އަމަލުތައް ދައްކަވައި އެކަންކަމާއިދު ސުވާލުކުރައްވަވާނެތެވެ! ދޭން އޮންނާނީ ކޮން ޖަވާބެއް ހެއްޔެވެ؟ އެއިގެ ކުރިން އަވަހަށް އެތަކެތި ޑިލީޓްކުރާށެވެ! (އެކަންކަމަށް ތައުބާވެ އެކަންކަން ކުރުން މުޅިން ހުއްޓައިލާށެވެ!)
މިއަދަކީ ﷲ ތަޢާލާގެ އަމުރުފުޅަށް އިބްރާހީމްގެފާނު އިސްމާޢިލްގެފާނު ޤުރްބާން ކުރައްވަވަން އުޅުއްވެވި ދުވަހެވެ! އަހަރެމެން ކުރަންވީކަމަކީ އަހަރެމެންކުރާ ނުބައި އަމަލުތައް ކަތިލުމެވެ! މިފަދަ ދުވަހެއްގައި އެންމެ މުހިންމު އެއްކަމަކަށް އަހަރެމެން ކުރަންއޮތް ކަމަކީ އަހަރެމެންގެ ސޯޝަލް މީޑިއާގައި އެމީހާ ކުރި ނުބައި ޢަމަލުތައް ޑިލީޓްކުރުމެވެ! (ފޯނާއި އެހެނިހެން ގޮތްގޮތުން ކުރާ ނުބައި ޢަމަލުތައް ކުރުން ހުއްޓައިލުމެވެ!
- ޢަރަފާތު ދުވަހު މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅަކުން
ޢަރަފާތު ދުވަސް ފަދަ މުހިންމު ދުވަހަކު މުފްތީ މެންކް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ އެއީ ފާފައެއް ކަމަށް ވެސް ނުދެކި ގިނަ ބައަކު ސޯޝަލް މީޑިއާގައި ނުބައި ޢަމަލުތައް ކުރަމުން ގެންދާތީ އެކަމުގެ ބިރު އޮތް މިންވަރު ބޮޑުކަމުންކަން ފާހަގަކުރެވެއެވެ!