ދުނިޔެއަށްވުރެ އާޚިރަތް ބާއްޖަވެރިކޮށްދެއްވެވުން އެދި މިދުޢާ ކުރުމުގައި ސާބިތުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދުނިޔެއަށްވުރެ އާޚިރަތް ބާއްޖަވެރިކޮށްދެއްވެވުން އެދި މިދުޢާ ކުރުމުގައި ސާބިތުވާށެވެ!

ކޮންމެ މީހެއްގެވެސް އެންމެ ބޮޑު ބޭނުމަކަށްހަދަންޖެހޭނީ ދުނިޔެއަށްވުރެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމެވެ. އުފަންވީންސުރެ މަރުވުމާއި ހަމައަށް ފާއިތުކުރެވެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. މަރުވުމއި ހަމައިން ފެށިގެން އެދަނީ ދުވަހަކުވެސް ނިމުމެއް ނެތް ހަޔާތެވެ! ވީމާ ދުނިޔޭގެ ޙަޔާތުގައި ލިބޭ އުފާވެރިކަމުން ކުރާނީވެސް ކޮން ފައިދާއެއްހެއްޔެވެ؟ 

ވީމާ ދުނިޔަވީ ޙަޔާތަށްވުރެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރަން އެދޭމީހާ އެކަމަށްޓަކައި މަސައްކަތްކުރަން ޖެހޭނެއެވެ. މަސައްކަތްކުރުމާއިއެކު ދުޢާކުރުން ގިނަކުރަންޖެހޭނެއެވެ. އެގޮތުން މިއީ ވެސް ގިނަގިނައިން ކުރަންވީ ދުޢާއެކެވެ!

"ޔާ ﷲ! މިއަޅާގެ މާޒީއަށްވުރެ މުސްތަޤްބަލް އުޖާލާކުރައްވަވައި ދެއްވަވާނދޭވެ! ދުނިޔެއަށްވުރެ ކައްވަޅު އުފާވެރިކުރައްވަވައިދެއްވަވާނދޭވެ! ދުނިޔަވީ ޙަޔާތަށްވުރެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރައްވަވައި ދެއްވަވާނދޭވެ! އަދި މިއަޅާގެ އެންމެ ފަހު މަންޒިލަކީ ޖަންނަތުލްފިރުދައުސްކަމުގައި ލައްވަވާނދޭވެ!" އާމީން

މިއަދު އޮންލައިން