މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ގިނަވުމާއި ލިބޭ ދަރިން ބަސްނޭހުމުގެ ޝަކުވާތައް އަންނނީ އިތުރުވަމުންނެވެ. މި ދެކަންތަކުގައިވެސް ފުރަތަމަ ގޯސް ހެދިފައި އޮންނަނީ ދެމަފިރިންނަށެވެ.
އެހެނީ ދެމަފިރިން އެއްދާންކުރަނީ ރަސޫލް (ޞޢވ) ގެ ސުންނަތުގައިވާ އެންމެ މުހިންމު ކަންތައް ނުކޮށެވެ! އެއީ ޖިމާޢުވުމުގެކުރިން ދެމަފިރިންވެސް މި ދުޢާކުރުމެވެ.
بِسْمِ اللَّهِ اللَّهمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
މާނައީ:
ﷲ ގެ ނަންފުޅުން ފަށައިގަންނަމެވެ. އަޅަމެން ޝައިޠޯނާގެ ކިބައިން ދުރުކުރައްވައިފާނދޭވެ! އަދި އަޅަމެންނަށް ދެއްވާ ރިޒްޤެއް ކަމުގައިވާ ދަރިފުޅުގެ ކިބައިންވެސް ޝައިޠޯނާ ދުރުކުރައްވައިފާނދޭވެ!

ޝައިޠޯނާގެ ނުބައިކަމުން ދެމަފިރިންވެސް އަދި ދެއްވަވާ ދަރިންވެސް ސަލާމަތްކޮށްދެއްވެވުން މި ދުޢާކުރުމަކީ މިހާރަކަށް އައިސް ގިނަ ބައަކު މުޅިން ހަނދާން ނައްތާލާފައިވާ ކަމެކެވެ. ވީމާ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ ގުޅުން ބަދަހިވުމަށްވެސް އަދި ދެއްވަވާ ދަރިން ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށް ދެއްވެވުން އެދި ވެސް މިދުޢާކުރަން ފަރުވާތެރިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން