ހިތްވަރުލާ ނިކަން ކިޔާލަބަލަ! - އިސްލާމްވުމަށްފަހު ޝައިޠޯނާއަށް ގޮންޖަހާ ހިތްވަރުގަދަ ކުރީގެ ކްރިސްޓިއަން އަންހެން ޓީޗަރެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހިތްވަރުލާ ނިކަން ކިޔާލަބަލަ! - އިސްލާމްވުމަށްފަހު ޝައިޠޯނާއަށް ގޮންޖަހާ ހިތްވަރުގަދަ ކުރީގެ ކްރިސްޓިއަން އަންހެން ޓީޗަރެއްގެ ވާހަކަ!

އަހަރެންނަކީ ކްރިސްޓިއަން ޓީޗަރެކެވެ. ނަމަވެސް އަހަރެން މިހާރު މިހިރީ ހިތާއި ހަށިގަޑާއި ފުރާނައިން އިސްލާމްވެގެންނެވެ. އަހަރެން ޝައިޠޯނާއަށް ގޮންޖަހަމެވެ! ޝައިޠޯނާއަށް އަހަރެން މަގުފުރެއްދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ! 

އަހަރެން އެހެން މިބުނަނީ އަހަރެންގެ އަމިއްލަ ބާރަކު ނޫނެވެ! ﷲ ދެއްވެވި ބާރުގައެވެ. "ޝައިޠޯނާއަށް މަގުފުރެއްދޭނީ އެމީހާ އެކަމަށް ބޭނުންވުމުން ކަމަށާއި އެމީހާ އެކަމަށް ނޭދޭހައި ހިނދަކު ޝައިޠޯނާއަށް އިންސާނުންގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވޭނެ" ކަމަށް ކީރިތި ޤުރްއާނުން އަހަރެންނަށް ފެނިފައިވާތީއެވެ! 

އަދި ޝައިޠޯނާއަށް ހެއްލެން ބޭނުންނުވާ މީހާއަށް ނުހެއްލި ހުރުމުގެ ބާރުވެސް ދެއްވަވައި އެކަމަށް އޮތް މަގުވެސް ކީރިތި ޤުރްއާނުން ފެނިފައިވާތީއެވެ. ﷲ އަހަރެން ހިމާޔަތްކުރައްވަވާނެއެވެ. އިން ޝާ ﷲ! ﷲ މިވަނީ އަހަރެންނަށް ތެދުމގުދައްކަވައިފައެވެ. އެމަގުގައި އަހަރެން ސާބިތުވެ ހުރިނަމަ ޝައިޠޯނާއަށް އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. 

އަަހަރެންގެ ވަށައިގެން ހިނގާ ކަންކަން އަހަރެން ބަލަމެވެ. ހަމަ އެކަކަށް ވެސް އަހަރެންގެ ގައަށް އެންމެ ކަށްޓެއްވެސް ނުހެރޭނެއެވެ! ﷲ އަހަރެން ހިމާޔަތްކުރައްވަވާނެތެވެ. އިން ޝާ ﷲ

އެއީ އަހަރެންނަށް ކުރަން ﷲ އެންގެވި ކަންކަން ކުރާތީއެވެ! އެއީ ޝަހާދަތުގެ ދެކަލިމަ ހިތުގެ އަޑިން ޤަބޫލުކޮށް އެއަށް ޢަމަލުކުރުމެވެ. އަހަރެންނަށް ﷲ އަމުރުކުރެއްވެވި ކަންކަން މިކުރަނީ އިޚްލާޞްތެރިކަމާއިއެކުގައެވެ. ﷲ އެންގެވި ގޮތަށް އަޅުކަން އެބަކުރަމެވެ. މީސްތަކުންނަށް ހެޔޮކޮށްހިތަމެވެ! ﷲ އަހަރެންނަށް ޙިމާޔަތް ދެއްވަވާނީ މި ސަބަބުތަކަށްޓަކައެވެ. 

މިއީ އަލަށް އިސްލާމްވި ކްރިސްޓިއަން ސަންޑޭ ސްކޫލެއްގައި ކިޔަވައިދިން އަންހެން ޓީޗަރަކު (މިހާރު ލީޝާ) އޭނާގެ އަޑުން ރެކޯޑްކޮށް ޢާންމުކުރި ބަސްތަކެކެވެ. ނިކަން ބުނެބަލާށެވެ! މުސްލިމުންގެ ގޮތުގައި އުފަންވެފައި ތިބެމެ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް މިފަދައިން ބުނެލަން ކެރިދާނެ ހެއްޔެވެ؟ އޭނާ އެބުނާ ވާހަކަތައް ޤުރްއާނުން ކިޔާއިއރުވެސް ފަހުމްނުވެ ތިބެން ލަދުގަންނަން ނުޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ؟

މިއަދު އޮންލައިން