ދުނިޔޭގެ މި ޙަޤީޤަތާމެދު މަރާ ކުރިމަތިލާން ޖެހުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ވިސްނައިލުން ބުއްދިވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދުނިޔޭގެ މި ޙަޤީޤަތާމެދު މަރާ ކުރިމަތިލާން ޖެހުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ވިސްނައިލުން ބުއްދިވެރި!

ތިރީގައި މިވަނީ ހަމަ ކޮންމެ މީހަކަށްވެސް ޢިބްރަތުން ފުރިގެންވާ މެސެޖުތަކެކެވެ. މިލިޔުމަކީ މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރެއްވި، ޖަޢުފަރު ހާދީ ތަރުޖަމާކުރައްވާފައިވާ عبد الرحمن سليمان سرور السوري ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

ލިޔުން: 

ފުޓްބޯޅަ މުބާރާތެއްގެ ވަގުތަކީ 90 މިނިޓެވެ 

ޑުރާމާއެއްގެ ދިގުމިނަކީ 60 މިނިޓެވެ

ފިލްމެއްގެ ދިގުމިނަކީ 120 މިނިޓެވެ

ނަމާދެއްގެ ދިގުމިނަކީ 5 މިނިޓެވެ

ޖަހައްނަމައިގައި ކާފިރުން ތިބެންޖެހޭނީ އަބަދަށެވެ

ސުވަރުގޭގައި މުއުމިނުން ތިބޭނީ ދާއިމަށެވެ

ވިސްނައި ފިކުރުކުރާ ބައަކަށް ޢިބްރަތެކެވެ

ތިބާގެ ވަޓްސްއަޕް ކޮންޓެންޓް ލިސްޓުޖައި 300 ރަޙްމަތްތެރިންނެވެ

ތިބާގެ ފޭސްބުކް ގައި 2000 ރަޙްމަތްތެރިންނެވެ

ތިބާގެ ވައިބަރ ގުރޫޕުގައި 1500 ރަޙްމަތްތެރިންނެވެ

ތިބާގެ ތަނަވަސްކަމުގެ ވަގުތުގައި ތިބާގެ ގާތުގައި ގިނަ ރަޙްމަތްތެރިން ތިބެއެވެ.

ފަޤީރުވެ ނިކަމެތިވުމުން ރަޙްމަތްތެރިއަކު ނުހުންނާނެއެވެ

ތިބާ ގެ ޖަނާޒާގައި ގިނަފަހަރު ބައިވެރިވާނީ ތިބާގެ ގާތްތިމާގެ އައުލާދުންނެވެ

ކަށްވަޅުގައި އޮންނަންޖެހޭނީ އެކަނިކަން ދަންނާށެވެ

މިއީ ދުނިޔޭގެ ޙަޤީޤަތެވެ

ތިބާގެ ނަމާދު ނޫން އެހެން ކަމަކުން ތިބާއަކަށް މަންފާއެއް ނުކުރާނެއެވެ

ތިބާގެ ޚަތިމުގެ މަތިން ހިރަފުސް އަރާފައިވަނިކޮށް ފެނިއްޖެނަމަ ހިތާމަކޮށް ކަރުނައަޅައި ރޯށެވެ.

3 ދުވަހަށްވުރެ ގިނަ ދުވަހު ޤުރްއާނުން މިންވަރެއް ނުކިޔަވައި ދޫކޮށްލެވިއްޖެނަމަ ތިބާ ޤުރްއާން ދޫކޮށްލީކަމުގައި ބެލެވޭނެއެވެ

މި މެސެޖް އެހެންމީހަކާ ހިއްސާކުރުން ލާޒިމެއްނޫނެވެ. އެހެނެއްކަމަކު ހަދާންކޮށްދިނުމަކީ މުއުމިނުންނަށް މަންފާކުރާނެކަމެއްކަން ހަނދާންކޮށްދެމެވެ.

މިލިޔުން ސޯޝަލް މީޑިއާއިން ލިބިފައި ނުވާ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ!

މިއަދު އޮންލައިން