ކައިވެނީގެ ކުރިން ހުއްދައީ "މީޓް" ކުރުން! ‍- "ޑޭޓްކުރުން" އެއީ އެންމެ ބޮޑު އެއް ޙަރާމްކަންތައް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކައިވެނީގެ ކުރިން ހުއްދައީ "މީޓް" ކުރުން! ‍- "ޑޭޓްކުރުން" އެއީ އެންމެ ބޮޑު އެއް ޙަރާމްކަންތައް!: މުފްތީ މެންކް

މުސްލިމުންނަށް ކައިވެނީގެ ކުރިން ދެމީހުން ބައްދަލުކޮށް ވާހަކަ ދެއްކުން ހުއްދައެވެ. ދެމީހުންގެ ޚިޔާލު އެއްގޮތްކަން ބެލުންވެސް މުހިންމެވެ. އަނެކާ އެދޭ ކަންކަން ހުށަހަޅައި މަޝްވަރާކުރުންވެސް ހުއްދައެވެ. 

ނަމަވެސް ދެމީހުން އެކަންޏެއް ނޫނެވެ! އިތުރު މީހަކު ބައިވެރިކުރަންޖެހޭނެއެވެ! އެއީ އަނހެން މީހާ ރައްކައުތެރިކުރުމަށެވެ! އޭނާގެ ޢަބުރާއި ޢިއްޒަތާއި ކަރާމާތް ޙިމާޔަތްކޮށްދޭން ޖެހޭތީއެވެ! 

ރަނގަޅަށް އަޑުއަހާށެވެ! މުސްލިމުންނަށް ހުއްދަވެގެންވަނީ "މީޓް"ކުރުމެވެ! "ޑޭޓް" ކުރުމަކީ ޙަރާމް ކަންކަމުގެ ތެރެއިންވެސް އެންމެ ބޮޑު  އެއް ފާފައެވެ! ނަމަވެސް މިއަދު ވެގެން މިއުލޭ ގޮތަކީ މީޓްކުރުމާއި ޑޭޓްކުރުން އޮޅުވައިލީއެވެ! މީޓްކުރުން ހުއްދަވީތީ ޑޭޓްކުރުންވެސް އަމިއްލައަށް ހުއްދަކޮށްލީއެވެ! މިކަން މިހެން ހިނގަން މެދުވަރިވަމުން މިދަނީ މީޓްކުރުން ހުއްދަވުމުގެ ޝަރުޠުތައް ދޫކޮށްލުމުންނެވެ. އެ ޝަރުޠު ކުރިން މިބުނީއެވެ! 

އަންހެން ދަރިއަކު ވަކިމީހަކާއ ކައިވެނިކުރަން އެދިއްޖެނަމަ އަވަހަށް އެމީހަކާއި ބައްދަލުކުރާށެވެ! އެމީހަކާއި ބައްދަލުކުރާށެވެ! އަހަރެންގެ އެއްވެސް ދަރިއަކު އެކަމަށް އެދިއްޖެ ނަމަ އަހަރެން ބަލާނީ ހަމައެކަނި ދީނުގައި ބަލަންޖެހޭ 2 ޝަރުޠު ފުރިހަމަތޯއެވެ! އެއީ ދީނަށް އަމަލުކުރޭތޯ އާއި އޭނާގެ އަޚްލާޤެވެ! އެ ދެ ޝަރުޠު ފުރިހަމަނަމަ އަހަރެންވާނީ ކައިވެނީގެ ކަންކަން އަވަހަށް ހަމަޖައްސައިދޭ މެދުވެރިއަކަށެވެ! 

އެކަން އެގޮތަށް ނުކޮށްފިނަމަ އެކަން ވެގެންދާނީ ދަރިން ޝައިޠޯނާގެ މަގަށް ދޫކޮށްލުން ފަދަ ކަމަކަށެވެ! އަދި ކީއްހެއްޔެވެ؟ ދަރިން ނުރުހޭ މީހަކާއި ގަދަކަމުން ކައިވެނި ކުރުވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން