އެމީހަކާ ދެކޮޅަށް ﷲ ހަނގުރާމަ އިއުލާން ކުރައްވަވާފައިވާ މީހަކަށް ނުވެ އެދޭހައި ކަމެއް ހިންމަވައި ދެއްވަވާނެ މީހަކަށްވުމުގެ މަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
އެމީހަކާ ދެކޮޅަށް ﷲ ހަނގުރާމަ އިއުލާން ކުރައްވަވާފައިވާ މީހަކަށް ނުވެ އެދޭހައި ކަމެއް ހިންމަވައި ދެއްވަވާނެ މީހަކަށްވުމުގެ މަގު މިއޮތީ!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނީ އެމީހަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކަށްވުމަށެވެ. އެއްވެސް މީހަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން މަޙްރޫމްވެފައިވާ މީހަކު ކަމުގައިވުމަކަށް ނޭދޭނެއެވެ. ޚާއްޞަކޮށް އެމީހަކީ އެމީހަކާއި ދެކޮޅަށް ﷲ ތަޢާލާ ހަނގުރާމަ އިޢުލާނުކުރައްވަވާފައިވާ މީހަކަށް ވުމަކަށް ނޭދޭނެއެވެ.

އަންނަނިވި ޙަދީޘްފުޅަށް ވިސްނާށެވެ!  

އަބޫ ހުރައިރާވިދާޅުވިއެވެ ކީރިތިރަސޫލާ ހަދީޘް ކުރެއްވިއެވެ. މާތް ﷲ ވަހީ ކުރެއްވެވިއެވެ. ތިމަން ރަސްކަލާނގެ އާއި ދެކޮޅުވާ މީހަކާ ތިމަންރަސްކަލާނގެ ހަނގުރާމަ އިއުލާން ކުރައްވަމެވެ. ތިމަން ރަސްކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާނީ ތިމަންރަސްކަލާނގެ ފަރުޟު ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ތިމަން ރަސްކަލާނގެ އާއި  ކުއްތަންވުމެވެ. ސުންނަތް ކަންތައްތަކުން ތިމަންރަސްކަލާނގެ އަޅާއަށް ލޯބި ކޮށްފުމަށް ދާންދެން ތިމަން ރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ އާއި ކުއްތަންވެއެވެ. ތިމަން ރަސްކަލާނގެ އަޅާއަށް ލޯބި ކުރައްވައިފިނަމަ އޭނާ އަޑުއަހަނީ ތިމަރަސްކަލާނގެ އަޑުއެއްސެވުމުންނެވެ. އަދި އޭނާ ބަލާބެލުމަކީ ތިމަންރަސްކަލާނގެ ބެއްލެވުމެވެ. އަދި އޭނާ ބީހޭ ބީހުމެވެ. އަދި ހިނގާ ފައިދާ ދެފައެވެ. އޭނާ އެދޭނަމަ ތިމަންރަސްކަލާނގެ ދެއްވަވާނަމެވެ. ސަލާމަތާއި ރައްކާތެރިކަމަށް އެދޭނަމަ ރައްކާތެރިކަން ދެއްވަވާނަމެވެ." (ބުޚާރީ) (ޙަދީޘްގެ މާނަ: ޝައިޚް މޫސާ އަންވަރު)

ފުރަތަމަ ވަޙީ ބަސްފުޅުގައިވެސް އެވަނީ "ތިމަން ރަސްކަލާނގެ އާއި ދެކޮޅުވާ މީހަކާ ތިމަންރަސްކަލާނގެ ހަނގުރާމަ އިއުލާން ކުރައްވަމެވެ." 

ވިދިގެން މިވަޙީ ކުރައްވަވަނީ "ތިމަން ރަސްކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާނީ ތިމަންރަސްކަލާނގެ ފަރުޟު ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ތިމަން ރަސްކަލާނގެ އާއި  ކުއްތަންވުމެވެ. ސުންނަތް ކަންތައްތަކުން ތިމަންރަސްކަލާނގެ އަޅާއަށް ލޯބި ކޮށްފުމަށް ދާންދެން ތިމަން ރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ އާއި ކުއްތަންވެއެވެ."

އެނގިގެން މިދަނީ ނަމާދާއި އެހެންވެސް ފަރުޟުތައް އަދާކުރުމުގެ މުހިންމުކަންބޮޑުކަމެވެ. ފަރުޟުތައް ފުރިހަމައަށް އަދާކުރުމުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ ކަމެވެ. އަދި ﷲ ތަޢާލާ އާއި ކުއްތަންވުމަށާއި ލޯބިވެވޮޑިގަތުން ލިބިގަތުމަށްޓަކައި ސުންނަތް ކަންކަން ކުރުމުގެ މުހިންމުކަމެވެ. 

ދެން އެވަނީ އެމީހަކަށް ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބުމުން އެމީހަކަށް ލިބިގެންދާނެ ނިޢްމަތްތަކުގެ ވާހަކައެވެ. "ތިމަން ރަސްކަލާނގެ އަޅާއަށް ލޯބި ކުރައްވައިފިނަމަ އޭނާ އަޑުއަހަނީ ތިމަރަސްކަލާނގެ އަޑުއެއްސެވުމުންނެވެ. އަދި އޭނާ ބަލާބެލުމަކީ ތިމަންރަސްކަލާނގެ ބެއްލެވުމެވެ. އަދި އޭނާ ބީހޭ ބީހުމެވެ. އަދި ހިނގާ ފައިދާ ދެފައެވެ. އޭނާ އެދޭނަމަ ތިމަންރަސްކަލާނގެ ދެއްވަވާނަމެވެ. ސަލާމަތާއި ރައްކާތެރިކަމަށް އެދޭނަމަ ރައްކާތެރިކަން ދެއްވަވާނަމެވެ."

އެނގިގެން މިދަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމުން އެމީހަކަށް ނުލިބޭނެ އެއްވެސް ނިޢްމަތެއް ނެތްކަމެވެ. 

"އޭނާ އެދޭނަމަ ތިމަންރަސްކަލާނގެ ދެއްވަވާނަމެވެ. ސަލާމަތާއި ރައްކާތެރިކަމަށް އެދޭނަމަ ރައްކާތެރިކަން ދެއްވާނަމެވެ." މާނައަކީ އެމީހާ އެދޭ ކޮންމެ ކަމެއް ހިންމަވައި ދެއްވަވާނެ ކަމެވެ. އަދި ސަލާމަތާއި ރައްކައުތެރިކަން ވެސް ދެއްވަވާނެކަމެވެ. 

ވީއިރު ﷲ ތަޢާލާ، އެމީހަކު އެދޭހައި ހިންމަވައި ދެއްވަވައި އަދި ރައްކައުތެރިކަންވެސް ދެއްވަވާނެ މީޙުންގެ ތެރޭގައި ހިމެނުމުން ދެން އިތުރަށް ކަމެއް ބޭނުންވާނީ ކާކުގެ ކިބައިންހެއްޔެވެ؟ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކު ނުއެދި އުފަލުގައި އުޅެވޭނެ ނޫންހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން