ﷲ ގެ ޙަޟްރަތުގަ އެންމެ ރަނގަޅު އަންހެނާއަށް ވާން ކުރަންވީ ކަންކަން! - ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ﷲ ގެ ޙަޟްރަތުގަ އެންމެ ރަނގަޅު އަންހެނާއަށް ވާން ކުރަންވީ ކަންކަން! - ޙަދީޘުން

ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ އެމީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ރަނގަޅު އަދި އެންމެ މެތިވެރިމީހާ ކަމުގައިވުމަށެވެ. އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސް މެއެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް މީހަކަށް ފައިދާކުރާނީ އެމީހެއްގެ ދަރަޖަ ﷲ ތައާލާގެ ޙަޟްރަތުގައި މަތިވެރިވިވަރަކުން ކަމުގައިވާތީއެވެ. 

އިމާމް އަޙްމަދު ބަޔާންކުރައްވާފައިވާ ޞަޙީޙް ޙަދީޘްފުޅެއްގައިވަނީ އެންމެ ރަނގަޅު އަނހެނުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ބަޔާންކުރައްވަވައިފައެވެ. އެގޮތުން އެ ޙަދީޘްފުޅުގައިވަނީ އެންމެ ރަނގަޅު އަންހެނަކީ، އޭނައާއި ދިމާއަށް އޭނަގެ ފިރިމީހާ ބަލައިލުމުން ފިރިމީހާއަށް އުފާވެރިކަން އިޙްޞާސްވާ، ފިރިމީހާ އަމުރެއް ކޮށްފިނަމަ ކިޔަމަންތެރިވާ، ފިރިމީހާ ހިތްހަމަ ނުޖެހޭ ކަމެއް ނުކުރާ، އަދި، ފިރިމީހާގެ މުދަލަށް ރައްކާތެރިވާ އަންހެނާކަމަށެވެ.  

މިހެން އޮތުމުން މިއީ ހަމައެކަނި އަންހެނާގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފަތައް ކަމަށް ބަލައިގެން ނުވާނެއެވެ. މިއީ ދިރިއުޅުމުގައި ހުންނަން ޖެހޭ ސިފަތަކެވެ. ﷲ ތަޢާލާ އަށް ކިޔަމަން ގަތުމާއި އަޅުކަން ކުރުމަކީ ތަފާތު، އަދި މިކަންކަމުގެ އިތުރުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އުފުލިގެންދަނީ ތަޤްވާވެރިކަމުން ކަމުގައިވާތީއެވެ. ޙަދީޘްފުޅުގައި އެވާ ސިފަތަކުގެ ޙަޤީޤީ ފައިދާކުރާނީ އެމީހާގެ ކިބައިގައި ތަޤްވާވެރިކަން ހުރިވަރަކުންނެވެ. 

- އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން