ޙަޔާތަށް ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރާއިރު ވަކިމީހަކު ދެއްވެވުން އެދި ދުޢާނުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޙަޔާތަށް ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރާއިރު ވަކިމީހަކު ދެއްވެވުން އެދި ދުޢާނުކުރާށެވެ!: މުފްތީ މެންކް

ދުޢާކުރުމުގައި އެންމެ ބޮޑަށް ކުރިމަތިވާ އެއް މައްސަލައަކީ ބޭނުންވާ ގޮތް އަމިއްލައަށް ނިންމައިގެން ދުޢާކުރުމެވެ! މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. އެހެނީ އެކަންކަމަކީ އަހަރެމެންގެ އަމިއްލަ ޙަޔާތުގެ ކަންކަން ނަމަވެސް ކަންކަމުގައި އަމިއްލައަށް ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ! އަހަރެމެންނަށް އަމިއްލައަށް ނިންމޭ ގޮތް އެއީ އެްމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށްޓަކައެވެ. 

މިބާވަތުގެ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ޙަޔާތަށް ބައިވެރިއަކު ދެއްވެވުން އެދި ކުރާ ދުޢާއެވެ. މިސާލަކަށް ތިބާ ބޭނުންވަނީ އަޙްމަދު ކަމަށްވެދާނެއެވެ. ނުވަތަ ފިރިހެނަކު ނަމަ މަރްޔަމް ކަމަށްވެސްވެދާނެއެވެ. އެކަން ވާންޖެހޭނީ ތިބާ އެދޭގޮތްކަމަށެވެ. ނަމަވެސް އަޙްމަދު ނުވަތަ މަރްޔަމް ދެއްވެވުން އެދި ދުޢާކޮށްގެން ނުވާނެއެވެ. ދުޢާކުރަންވާނީ "އަޙްމަދު ނުވަތަ މަރްޔަމް އަކީ މިއަޅާގެ ޒަވާޖީ ޙަޔާތަށް އެންމެ ރަނގަޅު މީހާ ކަމުގައިވާނަމަ" މިއަޅާއަށް އޭނާގެ ކައިވެނި ދެއްވެވުން އެދިއެވެ. 

ގިނަ މީހުންނަށް ލޯބިވެވުމުން، ނުވަތަ މީހަކާއި ރުހެވުމުން މިކަން ހަނދާނަކު ނުހުރެއެވެ! ދުޢާކުރަނީ މިވެނި މީހަކު ދެއްވެވުން އެދިއެވެ. ﷲ ތަޢާލާ އެދުޢާ އެމީހަކު ކުރިފަދައިން ޢިޖާބަކުރައްވަވަނީއެވެ. ނަމަވެސް އެމީހާއަކީ ތިބާގެ ޙަޔާތަށް ގެންނަން އެންމެ ރަނގަޅު މީހާކަމުގައި ވެގެނެއް ނޫނެވެ. 

ކައިވެިތައް ޜޫޅެން ދިމާވާ އެއް މައްސަލައަކީ މިއީ ކަމުގައިވެދާނެއެވެ. ވީމާ ދުޢާކުރާއިރު މީހާ ނިންމައިގެން ދުޢާނުކުރާށެވެ! އަދި އެހެން ކަމަކަށް އެދިގެން ދުޢާކުރި ނަމަވެސް އެކަމަކީ ތިމާއަށް ދެދުނިޔޭގައި ފައިދާކުރާނެ ކަމެއް ނަމަ ތިމާއަށް ދެއްވެވުން އެދި ދުޢާކުރާށެވެ! ދުޢާގެ ޙަޤީޤީ ފައިދާ ލިބިގެންދާނީ އެއިރުންނެވެ!

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން