ސުވަރުގޭގެ އާޔަތްތައް ލިޔާއިރު ނުނިމޭނެ ނަމައޭ، ނަރަކައިގެ އާޔަތްތައް ލިޔުއްޔާއިރު އަތް ތުރުތުރުއަޅައި ދާހިއްލާ!: ޝައިޚް ޢުޘްމާން ޠާހާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސުވަރުގޭގެ އާޔަތްތައް ލިޔާއިރު ނުނިމޭނެ ނަމައޭ، ނަރަކައިގެ އާޔަތްތައް ލިޔުއްޔާއިރު އަތް ތުރުތުރުއަޅައި ދާހިއްލާ!: ޝައިޚް ޢުޘްމާން ޠާހާ

ކީރިތި ޤުރްއާން ލިޔުއްވުމަށް މަޝްހޫރު ޝައިޚް ޢުޘްމާން ޠާހާ ވިދާޅުވަނީ މިހާރު ލިޔުއްވަން އިންނަވާއިރު އަތްޕުޅުން ޤަލަމްކޮޅު ދޫވެގެން ވެއްޓޭކަމަށެވެ. އޭނާ ކީރިތި ޤުރްއާން ލިޔުއްވަވަނީ ލިޔުއްވާ ހިތްޕުޅުންނެވެ. އެމުރުގެ ގޮތުން ކިތަންމެ ދޮށިވެފައި ހުންނެވި ނަމަވެސް އަމާޒަކީ އެންމެ ފަހު ނޭވާއާއި ހަމައަށްވެސް އެކަން ކުރެއްވުމެވެ. 

ޝައިޚް ޢުޘްމާން ޠާހާ ޚަތިމްގެ ކޮންމެ ތަންކޮޅެއް ލިޔުއްވަން އިށީންނަވަނީ ވެސް ވުޟޫކުރައްވައިގެންނެވެ. ކޮންމެ ދުވަހަކު މަސައްކަތްކުރެއްވި ނަމަވެސް ޚަތިމެއް ފުރިހަމަކުރެއްވުމަށް 3 އަހަރު ހޭދަވެއެވެ. އަދި ޤުރްއާން ލިޔުއްވަން ހޭދަކުރައްވާ ވަޤުތުތަކުގަ ކުރެއްވޭ އިޙްޞާޞް ތަފާތެވެ. ޚާއްޞަކޮށް ސުވަރުގެއާއި ނަރަކައިގެ ވާހަކަތައް ހިމެނޭ ބައިތަށް ލިޔުއްވަން އިންނަވާއިރުއެވެ. ސުވަރުގޭގެ ވާހަކަތައް ބަޔާންކުރާ އާޔަތްތައް ލިޔުއްވާއިރު އެވާހަކަތައް ނުނިމޭނެ ނަމައެވެ ހިތްޕުޅަށް އަރާ ކަމަށެވެ. އަދި ނަރަކައިގެ ވާހަކަތައް ލިޔުއްޔާއިރު އަތްޕުޅު ތުރުތުރުއަޅައި ދަފޮދުހިއްލާ ކަމަށެވެ!

ދިވެހީން ޢާންމުކޮށް ކިޔަވާ ޚަތިމުތަކުގައި އެވަނީ ޝައިޚް ޢުޘްމާން ޠާހާގެ އަތުލިޔުއްވުމެވެ. 

އަޑު އައްސަވާލެއްވުން މުހިންމު ވީޑިއޯއެއް މަޝްހޫރު މުޙައްމަދު ޢާޞިފުގެ އަޑުން:

މިއަދު އޮންލައިން